ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް އަމާޒުކޮށް ސައީދުގެ ފާޑުކިޔުންތަކެއް!

ރައީސް ސޯލިހު އަދި މާވަށު ދާއިރާ މެމްބަރު ސައީދު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައިސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، އިސްތިއުފާ ދެއްވައި، ދިވެހި ރާއްޖެއަށް އަވަސް އިގްތިސޯދީ އަދި ސިޔާސީ ހައްލެއް ހޯދަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސޮވަރެއިން ފަންޑުން ރައީސް ސާލިހު ގެ ސަރުކާރުން ބޭނުން ކުރައްވާފައިކަމަށް ވިދާޅުވެ، ކުރިންވެސް އެތަކެއް ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައިވާ، މުހައްމަދު ސައީދު ޓްވީޓެއް ކުރައްވާ ވިދާޅުވީ، ސަރުކާރެއް ފެއިލްވާނީ މިވަރަކަށް ކަމަށެވެ. އަދި ސަރުކާރު އަނބުރާ ބޮޑު އިސްޓޯރުގެ މާޒީއަށް ގޮސްފައިވާކަމަށް ފާހަގަކުރައްވާ، ގައުމުގެ މާލީ ހާލަތު އޮތް ގޮތަށް އޮތް ހިނދުވެސް ދެވަނަ ދައުރެއްގެ ވާހަކަތޯ ދައްކަވަނީ ސުވާލު އުފައްދަވައި، އޭނާ ވިދާޅުވީ، ރައީސް އިސްތިއުފާ ދެއްވައި، ދިވެހި ރާއްޖެއަށް އަވަސް އިގްތިސޯދީ އަދި ސިޔާސީ ހައްލެ ހޯއްދަވަން ޖެހޭކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިސްތިއުފާ ދެއްވަން ޖެހޭކަމަށާއި، އެ މަނިކުފާނަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ މާލީ ޒިންމާތައް ހަނދުމަނެތްކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވާ އިރު، މަޖިލީހުގެ ތަޅުމުގައިވެސް ސައީދު ވަނީ ސޮވަރެއިން ފަންޑާއި ގުޅިގެން ވާހަކަދައްކަވާފައެވެ. ކުރިން އިކޮނޮމިިކް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި އުފައްދަވާފައިވާ ސޮވަރެއިން ފަންޑު ގާއިމު ކުރެވިފައިވާނީ، މުހިންމު މަގުސަދެއްގައި ކަމަށެވެ. އެހެންކަމުން އެ ފަންޑުން ބޭނުން ކުރުމަކީ ބޮޑު މައްސަލައެއްކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ސޮވަރެއިން ފަންޑު ބޭނުން ކުރުމަކީ، ކުރެވިގެން ވާނެކަމެއް ނޫންކަމަށް ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އެ ފަންޑު އުފައްދާފައިވާ މަގުސަދާއި ހިލާފަށް ބޭނުން ކުރުމަކީ، ނުރައްކާތެރިކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ގާއިމު ކުރެވުނު ސޮވަރެއިން ޑިވެލޮޕްމެންޓް ފަންޑުގައި ހުރި ބޭރު ފައިސާތަށް ދިވެހި ރުފިޔާއަށް ބަދަލުކުރުމަށް ފަހު މާލީ ރިޒާރވް އިތުރު ކުރުމަށް ރައީސް ސާލިހު ނެންގެވިކަމަށްވެސް ސައީދު ފާހަގަކުރައްވާފައިވާއިރު، އެ ފަންޑުގެ މަގުސަދަކީ، ދިވެހި ރާއްޖެ ދަރަނިވެރި ނުވެ، ގަދަރުވެރިކަމާއިއެކު ކުރިއަށްގެންދިއުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ ފައިސާތައް ހިފެހެެއްޓުމަކީ ވެރިކަމަށް އަންނަފަރާތެއްގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުވެގެންވާކަމެއް ކަމަށްވެސް ސައީދުވަނީ ފާހަގަކުރައްވާފައިއެވެ.

 

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް ސާލިހުވަނީ، ސޮވަރެއިން ފަންޑާއި މެދު ވާހަކަދައްކަވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ފަންޑުގައި މުޅިންހުރީ ޑޮލަރު ކަމަށް ނުވީ ނަމަވެސް، ރުފިޔާ ހުރިކަމަށާއި، ދިވެހި ރާއްޖޭގެ ދަރަނިތައް ދައްކަވަން ޖެހިވަޑައިގަންނަވާ ވަގުތު ޖެހޭއިރު، އެ ފަންޑުގައި ޑޮލަރު ހުންނާނެ ކަމަށްވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ. އަދި އެ ފަންޑުގެ ފައިސާއިން ބައެއް ވަނީ ބޭރުގައި އިންވެސްޓް ކޮށްފައިކަމަށާއި، ބޭނުންވުމުން ނެގޭނެ ކަމަށް ފާހަގަކުރައްވާ ރައީސް ސާލިހު ވިދާޅުވީ، ދަތި ނުވެ ލޯނުތައް ދައްކަން ޖެހޭ ގަޑީގައި އެފައިސާތައް ލިބޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: