ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ ޝައިހުންނަށް މުއްދަތު ޖަހައިފި!

ޔޯގާ ޑޭ ހުއްޓުވަން ހިންގި ހަރަކާތް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ ޝައިހުންގެ މުއްދަތު އިތުރުކޮށްފިއެވެ.

ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން ބައިވެރިވެފައިވާ ޔޯގާ ޑޭގެ ހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށްގެންދަނިކޮށް، ބަޔަކުން މީހުން އެތަނަށް ވަދެ ހަމަ ނުޖެހުންތަކާއި ގުޅިގެން، ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެ މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް 60، ދެ  މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ދެމީހުންގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް މިއަދު ވަނީ ދީފައެވެ.

މިމައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި/ ޔާގޫތުގެ، މުޙައްމަދު އިސްމާޢީލް (48އ) އާއި ސ. ހިތަދޫ/ އޯކިޑްވިލާ، އިބްރާހިމް ރައްޒާން (32އ) އާއި ލ. މާމެންދޫ/ ސޯސަންވިލާ، އާދަމް ނިޝާން (38އ) އާއި ގއ. މާމެންދޫ / އަސްރަފީވިލާ، އަޙްމަދު ނަސޫޙް (26އ) އާއި ތ. ތިމަރަފުށި،/ ނަރުގިސްވިލާ، ޢަބްދުﷲ ރިފާޢު (31އ) އަދި ށ. މިލަންދޫ/ ނާޒް، ފަޟްލޫން މުޙައްމަދު (33އ) އެވެ.

މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު ނަސޫޙް އާއި ޢަބްދުﷲ ރިފާޢުއެވެ. ފަސް ދުވަހުގެ ބަންދުގެ މުއްދަތެއް މުޙައްމަދު އިސްމާޢީލް އާއި އިބްރާހިމް ރައްޒާންއަށް ދީފައިވާއިރު އާދަމް ނިޝާން އާއި ފަޟްލޫން މުޙައްމަދުއަށް ދީފައިވަނީ 7 ދުވަހުގެ މުއްދަތެކެވެ.

ޔޯގާ ޑޭގެ ހަރަކާތްތައްކުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިންގި މައްސަލައިގައި، ހައްޔަރު ކުރި ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ، މާލެ ޖަލު ސަރަހައްދުގައި ބަޔަކު މީހުންވަނީ މުޒާހަރާވެސްކޮށްފައިއެވެ. އަދި ޔޫތު މިނިސްޓަރު މަހުލޫފަށް އިންޒާރުވެސް ދީފައިވެއެވެ. ޔޫތު މިނިސްޓަރ މަހުލޫފުގެ ކުރީގެ ނަމްބަރަށް ފޮނުވާފައިވާ މެސެޖުތަކުގައި ބުނެފައިވާގޮތުން، އެ ބަޔެއްގެ އަހުންނަށްވެސް އަދި އެެއްވެސް ޖަމިއްޔާއަކަށްވެސް ފިޔަވަޅެއް އަޅައިފި ނަމަ، މަހުލޫފާއި، އާއިލާގެވެސް “ޒަމާން ދުއްވާލާނަން” ކަމަށެވެ.

ޔޫތު މިނިސްޓްރީން، އިންޑިއަން ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗާރ ސެންޓަރާއި ގުޅިގެން ހިންގި ޔޯގާ ޑޭގަ ހަރަކާތްތައް، ރަސްފަންނުގައި ބޭއްވުމަށް ނިންމާފައިވަނިކޮށް، އެތަކެއް ބަޔެއްގެ އެދުމުގެ މަތިން މާލެ ސިޓީ ކައުންސިލުން ވަނީ، އެ ހަރަކާތް ހިންގުމަށް ރަސްފަންނު ނިދިނުމަށް ނިންމާފައިއެވެ. އެކަމާއި ގުޅިގެން، ޔޫތު މިނިސްޓްރީއިން ވަނީ އެހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ. ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށް ދިޔަ ވަގުތު، ބަޔަކު މީހުން ވަނީ އެތަނަށް ވަދެ ހަރަކާތްތައް ހުއްޓުވާފައިއެވެ. ބަޔަކު މީހުން އެތަނަށް ވަދެ ހަރަކާތްތައް ހުއްޓުވަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖަހާފައިއެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 92%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: