ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިހަ ވަރަކަށް މިނެޓަށް ކަރަންޓު ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫން މަހުގެ 24 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި، ކުޑަ ވަގުތުކޮޅަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިގެންދާނެކަމަށް، ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވާ ގޮތުން، ޖުން މަހުގެ 24 ވަނަ ދުވަހުގެ ހެނދުނު 6:30 އިން ފެށިގެން ގަޑިއިރަކަށް، އެ ކުންފުނިން ވަނީ ގުރޭޓާރ މާލޭގެ އިންޓަރކަނެކްޝަން ގުރިޑުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިއެވެ. އަދި މި މަސައްކަތަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތައް އިތުރު ފުރިހަމަ ކަމެއް ގެންސްދިނުމުގެ މަގުސަދުގައި ކުރެވޭ މަސައްކަތެއް ކަމަށްވެސް ސްޓެލްކޯއިންވަނީ ބުނެފައެވެ.

ގުރޭޓާރ މާލޭގެ އިންޓަރކަނެކްޝަން ގުރިޑުގައި، މަސައްކަތްތައް ކުރިއަށްދާއިރު، ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާ ސަރަހައްދުތަކަކީ، ހެންވޭރު ދަނޑު ހިމެނޭ ސަރަހައްދުންނާއި، ނަސަންދުރަ ހިމެނޭ ސަރަހަދާއި، ކާނިވާ ސަރަހައްދާއި، ގާކޮށި ފްލެޓާއި، އަރަބިއްޔާ ފްލެޓް ހިމެނޭ ސަރަހައްދާއި، ގަޑިބުރު ސަރަހައްދާއި، މަޖީދީމަގުގެ ފިނިޕާކު ހިމެނޭ ސަރަހައްދާއި މާފަންނު މަދުރަސާ އަދި ދުނބުރި މިސްކިތް ހުންނަ ސަރަހައްދުންވެސް ކަރަނޓުގެ ހިދުމަތް ކެންޑޭނެކަމަށް ސްޓެލްކޯއިން އާންމު ކުރި ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކަރަންޓު ކެނޑިގެންދާނެތީ މާފަށް އެދޭކަމަށްވެސް ސްޓެލްކޯއިން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: