ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ މެމްބަރުން އިމްރާނަށް ފާޑުކިޔަން ފަށައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތްދީ، ދީނާ ގައުމުގެ ދިފާއުގައި ނުކުތް ދީނީ އިލްމުވެރިން ހައްޔަރުކޮށްފައިވާކަމަށް ބުނެ، އަދާލަތު ޕާޓީގެ މެމްބަރުން ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ އަށް ފާޑުކިޔައިފިއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ހުސައިން ޝައިހާނަށް ފުލުހުންގެ މުއައްސަސާއިން ހިމާޔަތްދިން ކަމަށް ބުނެ އަޑުފެތުރުމާއި، ޔޯގާ ޑޭގެ ހަރަކާތް ހިންގުމާއި ދެކޮޅަށް އަޑު އުފުލި ޝައިހުން ހައްޔަރުކޮށްފައިވާ މައްސަލައިގައި، ހިންހަމަ ނުޖެހުން ފާޅުކޮށް، އަދާލަތު ޕާޓީގެ މެމްބަރެއް އެ ޕާޓީގެ ޓެލެގްރާމް ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އިސްލާމިކް މިނިސްޓަރާއި، ހޯމް މިނިސްޓަރ އިމްރާނަށްވެސް އެ ޕާޓިއަށް ނިސްބަތްވާ އެހެން ޝައިހުން ނަސޭހަތްތެރިވާން ވެއްޖެކަމަށެވެ. އަދި މިހާރު ހިންގަމުންދާ އަމަލުތަކުން އަދާލަތު ޕާޓީގެ މަގުސަދަށް ފުށޫ އަރާކަމަށްވެސް އެ މެސެޖުގައި ބުނެފަވެއެވެ.

އިސްލާމިކް މިނިސްޓަރާއި، ހޯމް މިނިސްޓަރ އިމްރާނަށްވެސް އަދާލަތު ޕާޓީގެ އެހެން ޝައިހުން ނަސޭހަތްތެރި ވާން ޖެހިއްޖެކަމަށް ފާހަގަކޮށް އެ ޕާޓީގެ މެމްބަރަކު ކޮށްފައިވާ މެސެޖުގައި އިތުރަށް ބުނެފައިވަނީ، ސިޔާސީ ޕްރެށަރެއް އޮތް ނަމަވެސް، އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތްކޮށްފައި، ޝިރުކާއި ދެކޮޅަށް ނުކުތް އިލްމުވެރިންނަށް ބިރުދައްކައި، ސްވަޓް ފޯސް ފޮނުވައި، ކުޑަކުދިންގެ ހައްގުތަކަށް ނުބަލައި، ހައްޔަރު ކުރުމާއި، ދީނީ އިލްމުވެރިންގެ ހުއްދަތައް ބާތިލު ކުރުމަކީވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުން ހިމާޔަތްކޮށްފައި، ޝިރުކާއި ދެކޮޅަށް ނުކުތް އިލްމުވެރިންނަށް ބިރުދައްކައި، ހައްޔަރު ކުރުމާއި، ދީނީ އިލްމުވެރިންގެ ހުއްދަތައް ބާތިލު ކުރުމަކީވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް، ފާހަގަކޮށް، އަދާލަތު ޕާޓީގެ މެމްބަރެއް ކުރި މެސެޖާއި ގުޅިގެން، ހޯމް މިނިސްޓަރ އިމްރާން ވަނީ ރައްދު ދެއްވާފައިއެވެ. އިމްރާން ވިދާޅުވީ، ދައުލަތެއް ހިންގުމުގެ މަސައްކަތް ކުރާއިރު، އަމަލު ކުރަންޖެހޭ ޝަރުޢީ ހަމަތަކާއި، އުސޫލުތައް އެންމެހާ މީހުންވެސް ދަސްކުރުމުގެ މުހިންމުކަން، މިވަގުތު ރާއްޖޭގައި ހިނގާ ކަންކަމުން ހާމަވާކަމަށެވެ. އަދި އިސްލާމީ އުސޫލުން ދައުލަތެއް ހިންގާނެ ގޮތް ނުދެއްކޭނެ ނަމަ، ދެން ދައުލަތު ހިނގާނީ ކޮންގޮތަކުންތޯ ވިސްނާލަން ޖެހޭކަމަށް، އިމްރާން ފާހަގަކުރެއްވިއެވެ.

ޝިރުކާއި ދެކޮޅަށް ނުކުތް އިލްމުވެރިންނަށް ބިރުދައްކައި، ހައްޔަރު ކުރުމާއި، ދީނީ އިލްމުވެރިންގެ ހުއްދަތައް ބާތިލު ކުރުމަކީވެސް ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށް، ފާހަގަކޮށް، އަދާލަތު ޕާޓީގެ މެމްބަރެއް އެ ޕާޓީގެ ޓެލެގްރާމް ގުރޫޕުގައި ފާޑުކިޔާފައިވާއިރު، އެ ނޫން ފަރާތްތަކުންވެސް ހޯމް މިނިސްޓަރ އިމްރާނަށް ފާޑުކިޔާފަވެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވެސް ވަނީ، ހޯމް މިނިސްޓަރ އިމްރާނަށް އަމާޒުކުރައްވާ ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. އިމްރާން ވަނީ ފެއިލް ވެފައިކަމަށް ފާހަގަކުރައްވާ މަޖިލީހުގައި ވާހަކަދައްކަވަމުން، ޖާބިރު ވިދާޅުވީ، ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ހޯމް މިނިސްޓަރ އިމްރާން ކެބިނެޓުން ވަކި ކުރައްވާނެކަމަށް އެނާ އުންމީދު ކުރައްވާކަމަށެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ގިނަ ފަރާތްތަކެއް ހައްޔަރު ކުރެވިފަވެއެވެ. ހައްޔަރުގައި ތިބި ފަރާތްތަކުގެ ތެރޭގައި ދީނީ އިލްމުވެރިން ހިމެނޭއިރު، އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ އެކްޓިވިސްޓުންނާއި، އާންމުންވެސް ހިމެނެއެވެ. ޔޯގާ ޑޭގެ ހަމަނުޖުން ހިންގި އިރު، ޝައިހުން، ގަލޮޅު ދަނޑަށް ވަދެފައި ނުވާކަމަށް ގިނަ ފަރާތްތަކުން ބުނެފައިވީނަމަވެސް، އެ ދެ މީހުންގެ ބަންދުގެ މުއްދަތުވަނީ ހަތް ދުވަހަށް އިތުރުކޮށްފައެވެ. އަދި ބައެއް ފަރާތްތަކުގެ މުއްދަތު 60 ދުވަހަށް އިތުރުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. ޝައިހުން އަދި އެހެން ފަރާތްތައްވެސް ހައްޔަރުން ދޫކޮށްލުމަށް އެދި، އާންމުންގެ ބަޔަކުވަނީ، އަތޮޅުވެހި ހުންނަ ސަރަހައްދަށް އެއްވެ މުޒާހަރާ ކޮށްފައެވެ. ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ކަމުގައި ޝާމިލުވި ފަރާތްތަކުގެ މައްޗަށް ލަސްނުވެ އިންސާފު ގާއިމު ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: