ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލެކްމެއިލް ކުރުމުގެ ބޮޑު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ މީހުން ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ބަލަމުންދާކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ މުއައްސަސާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމައިލް ކުރުމުގެ މައްސަލައެއްވަނީ އެ މުއައްސަސާއަށް ހުށައެޅިފައިއެވެ. އަދި އެކަމުގެ ތަހުގީގުތައް ކުރެވެމުންދާކަމަށްވެސް ފުލުހުން ބުނެފައެވެ.

ގިނަ އަދަދެއްގެ މީހުން ބްލެކްމެއިލް ކޮށްފައިވާ މައްސަލައެއް ބަލަމުންދާކަމުގެ އިތުރުން ފުލުހުންވަނީ، އާންމުވެފައިވާ އެއްޖިންޖުން ގުޅުން ހިންގާ މަންޒަރު ފެނިގެންދާ ވީޑިއޯއާއި މެދުވެސް އެ މުއައްސަސާގެ ބަޔާން ދީފައެވެ. ފުލުހުން ބުނެފައިވާ ގޮތުން، ސޯޝަލް މީޑިއާގައި އާންމުވެގެން އުޅޭ ވީޑިއޯގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގުތައްވަނީ ފެށިފައިކަމަށާއި، ތަހުގީގުގެ ތެރެއިން އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.

ފުލުހުންގެ މުއައްސަސާއިން ބަލަމުންދާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ފެންނަ ފަރާތަކީ، ރައީސް ނަޝީދުގެ ކޮއްކޯފުލު، ލޯޔަރު ނާޒިމް ސައްތާރު ކަމަށް، އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައިއެވެ. އަދި އެ މައްސަލަ ބަލުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: