ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު އަސްލަމަށް، ޑރ ޝަހީމުގެ ވަރުގަދަ ސުވާލެއް!

ޑރ ޝަހީމް އަދި މެމްބަރު އަސްލަމް: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަމާއަތް ހަދައިގެން ފާހިޝް އަމަލުތައް ހިންގުމަށް ފަހު، ޓައި އަޅައިގެން ގޮސް ގައުމުގެ ގާނުނޫ ހަދާ މަޖިލީހުގައި ވަކާލާތު ކުރުން އިނުން ހުއްޓުވާނެތޯ ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު، އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ ސުވާލުކުރައްވައިފިއެވެ.

ދީނީ އިލްމުވެރިން ނަމަަވެސް، ހަރުކަށި ފިކުރަށް ޖާގަ ނުދެވޭނެ ކަމަށާއި، އަދަބު ދެވެން ޖެހޭނެކަމަށް ފާހަގަކުރައްވާ އަސްލަމް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވައި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ވަނީ، އަސްލަމް އެ ވިދާޅުވާ ފަދައިން ކަންތައް ކުރައްވާ ނަމަ، މާތްﷲ ގެ ފިތުރަތާއި، ހަނގުރާމަކޮށް، ރާބޮއި، އެއްޖިންސުން ގުޅުން ހިންގައި، އޭގެ އިތުރުން، ޖަމާއަތް ހަދައިގެން ފާހިޝް އަމަލުތަކުގައި ބައިވެރިވުމަށް ފަހު، ޓައި އަޅައިގެން ގޮސް، ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ”އަނގަފުޅާކޮށް“ ވަކާލާތުކުރަން އިނުން ހުއްޓުވާނަންތޯ ސުވާލު ކުރައްވާފައެވެ.

މާތްﷲ ގެ ފިތުރަތާއި، ހަނގުރާމަކޮށް، ރާބޮއި، އެއްޖިންސުން ގުޅުން ހިންގައި، އޭގެ އިތުރުން، ޖަމާއަތް ހަދައިގެން ފާހިޝް އަމަލުތަކުގައި ބައިވެރިވުމަށް ފަހު، ޓައި އަޅައިގެން ގޮސް، ދިވެހި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ވަކާލާތު ކުރުން ހުއްޓުވާނެތޯ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، އަސްލަމް އާއި، ޑރ ޝަހީމް ސުވާލު ކުރެއްވި އިރު، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅުކަމަށް އިދިކޮޅުން ތުހުމަތު ކުރާ މީހެއް، އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއްވަނީ، މުޅި ރާއްޖޭގެ ސަމާލުކަމަށް އައިސްފައެވެ. ފުލުހުންގެ މުއައްސަސާއިންވަނީ އެ ވީޑިއޯއިން ފެނިގެންދާ ފަރާތްތަކުގެ މައްޗަށް ތަހުގީގުތައް ހިންގާނެކަމަށް ބުނެފައެވެ.

ރައީސް ނަޝީދުގެ ކޮއްކޯފުޅުކަމަށް އިދިކޮޅުން ތުހުމަތު ކުރާ މީހެއްގެ އިތުރުން، އެމްޑީޕީގެ އިސް މެމްބަރެއްކަމަށްވާ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރާ މީހެއް އަންހެނަކާއި، އިތުރު ފިރިހެނެއްވެސް ހިމެނޭހެން ބަރާހަނާ ހާލުގައި އޮތް ފޮޓޯއެއްވެސް ވަނީ އާންމުވެފައިއެވެ. މިކަމާއި ގުޅިގެން މެމްބަރު ހުސައިން ޝަހީމަށްވަނީ ޝޯޝަލް މީޑިއާގައި ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.

ދާދި ފަހުން ހިނގައިދިޔަ، ޔޯގާ ޑޭގެ ހަމަ ނުޖެހުމަށްފަހު، ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހު، އަދި މުޖުތަމައުވެސް ހަމަނުޖެހުންތަކެއްގެ ތެރޭގައި ވަނިކޮށް، އިސްލާމް ދީނާއި ހިލާފު އަމަލުތަކެއް ހިންގަނިކޮށް އާންމުވެފައިވާ ވީޑިއޯއާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ކޯލިޝަނުންވަނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް އަމާޒުކޮށް ބޮޑެތި ތުުހުމަތުތަކެއް ކޮށްފައެވެ. އިދިކޮޅުން ނެރިފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން، އިސްލާމް ދީނާއި ހިލާފު އަމަލުތައް ހިންގާ ފަރާތްތަކުގެ މައްޗަށް އިންސާފު ގާއިމު ކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތައް، މި ސަރުކާރުން، ގައުމުން ބޭރަށް ފުރުވާލާކަމަށެވެ. އެގޮތުން، ދާދި ފަހުން ހުސައިން ޝައިހާން ކިޔާ މީހަކު، އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހުށައެޅިފައިވަނިކޮށް، ފުލުހުންގެ މުއައްސަސާއަށް އެ މައްސަލަ ބަލަން ފެށުނީ، އެނާ ފުރައިގެން ދިއުމުންކަމަށް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: