ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އާމްދަނީ އިތުރު ކުރީ އެމްޑީޕީން: ރައީސް ނަޝީދު

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް، ދައުލަތުގެ އާމްދަނީ އިތުކޮށް، ދިވެހި ރައްޔިތުންނަށް އިޖްތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނީ އެމްޑީޕީންކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ އާމްދަނީ އިތުކޮށް، ދިވެހި ރައްޔިތުންނަށް އިޖްތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނީ އެމްޑީޕީންކަމަށް ވިދާޅުވެ އެމްޑީޕީގެ މެމްބަރުންނަށް އެ ޕާޓީގެ އަހަރީ ދުވަހުގެ ތަހުނިޔާ ރައްދުކުރައްވަމުން، ޓްވީޓެއް ކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، ދިވެހިރާއްޖެ ބަދަލު ކުރި ޕާޓީއަކީ، އެމްޑީޕީކަމަށެވެ. އަދި ހާއްސަ ގޮތަކަށް އެމްޑީޕީގެ ވެރިކަމުގައި، ޓެކްސް ނެގުމުގެ ނިޒާމެއް ތައާރަފްވެގެންދިޔަކަމަށް ފާހަގަކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ، އެ ނިޒާމުގެ ސަބަބުން، ދިވެހި ދައުލަތުގެ އާމްދަނީ، އާމްދަނީ އިތުރުވެގޮސްފައިވާކަމަށާއި، ދިވެހި ރައްޔިތުންނަށް އިޖްތިމާއީ ރައްކައުތެރިކަން ފޯރުކޮށްދިނީ އެމްޑީޕީ ކަމަށްވެސް ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ފާހަގަކުރައްވާފަވެއެވެ.

އެމްޑީޕީގެ ވެރިކަމުގައި ތައާރަފް ކޮށްފައިވާ ޓެކްސް ނިޒާމުގެ ސަބަބުން، ދައުލަތުގެ އާމްދަނީ އިތުރުވެފައިވާކަމަށް، ރައީސް ނަޝީދު ޓްވީޓެއް ކުރައްވާފައިވާއިރު، ދިވެހި މާލިއްޔާތާއި ހަވާލުވެގެން ހުންނެވި، މާލީ ވަޒީރު އިބްރާހިމް އަމީރުވަނީ ދާދި ފަހުން، ދައުލަތުގެ އިދާރާތަކުން ހަރަދު ކުޑަކުރުމަށް އަންގައި، އެކަން ކުރަން އަޅަންވީ ފިޔަވަޅުތަކުގެ ތަފްސީލުތައް ލިޔެފައިވާ ސާކިއުލާއެއް ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކަށް ފޮނުއްވާފައެވެ. އެ ސާކިއުލާގައި ވާގޮތުން، ދިވެހި ދައުލަތުގެ ހަރަދުތައް ްއަންނަނީ ކުރިން އަންދާޒާ ކުރެވިފައިނުވާވަރަށް ބޮޑުވަމުންކަމަށެވެ. އަދި ދައުލަތުގެ މާލިއްޔާތަށް ވަންނަ ފައިސާއިން، އެ ހަރަދުތައް ހަމަނުޖެއްސޭނެކަމަށްވެސް ފާހަގަކޮށް އެ ސާކިއުލާގައިވަނީ، 5،000 ރުފިޔާއަަށްވުރެން އިތުރަށް ހަރަދު ހިނގާ ކޮންމެ ކަމަކަށްވެސް، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެކަމަށް އަންގާކަމަށެވެ.

ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް އަންގައި ފިނޭންސް މިނިސްޓްރީން ސާކިއުލާއެއް ނެރިފައިވަނިކޮށް، އެމްޑީޕީން ދައުލަތުގެ އާމްދަނީ އިތުރުކޮށްދީފައިވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓްވީޓެއް ކުރައްވާފައިވާއިރު، ދާދި ފަހުން އެމަނިކުފާނުވަނީ، ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްއާއި ގުޅުވައި، ފާޑުވިދާޅުވެފައެވެ. ރައީސް ސޯލިހު އެމަނިކުފާނުގެ، ރިޔާސީ ކެންޑިޑެސީ އިއުލާނު ކުރެއްވުމުން އެކަމަަށް ފާޑު ވިދާޅުވެ ކުރެއްވި ޓްވީޓްގައި، ރައީސް ނަޝީދު ވިދާޅުވީ، މި ވަގުތަކީ، ވެރިކަަމަށް ފައި ނަގަންވީ ދަނޑިވަޅު ނޫންކަމަށެވެ. އަދި، އޭގެ ބަދަލުގައި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވަންވީކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: