ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ނިޔަތް ވަރަށް ސާފު، ތިބީ ވީ ވައުދުތައް ފުއްދުމަށްޓަކައި އަޒުމް ކަނޑައަޅައިގެން: އަސްލަމް

ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު އަސްލަމް މަޖިލީހުގެ ޖަލްސާއެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ނިޔަތް ވަރަށް ސާފުކަމަށާއި، ތިބީ ވީ ވައުދުތައް ފުއްދުމަށްޓަކައި އަޒުމް ކަނޑައަޅައިގެންކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަސްލަމް ވަނީ ކޮންމެ ވައުދަކީ ފުއްދޭނެ ވައުދެއް ނޫން ކަމަށާއި ވައުދުތައްވަނީ ކުރުމުގެ ނިޔަތުގައި ކަމަށާއި އެހެން ނަމަވެސް ގިނަ ފަހަރު ވައުދުތައް ވެފައި ހުންނަނީ އޭގެ ހުރިހާ ތަފްސީލު ތަކަށް ބެލުމަށް ފަހުގައި ނޫންކަމަށްވެސް ވިދާޅުވެފައެވެ. ވައުދުތައްވަނީ ކުރުމުގެ ނިޔަތުގައި ކަމަށާއި އެހެން ނަމަވެސް ގިނަ ފަހަރު ވައުދުތައް ވެފައި ހުންނަނީ އޭގެ ހުރިހާ ތަފްސީލު ތަކަށް ބެލުމަށް ފަހުގައި ނޫން ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންނަށް ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ މިއަދު ވެގެންދާނި މާލޭގެ ރައްޔިތުންނާއި މާލޭގަިއ ދިރިއުޅުއްވަމުން ގެންދަވާ ފަރާތްތަކަށް އުފާވެރި ދުވަހެއްގެ ފެށުންކަމަށެވެ. އަދި ސަރުކާރުގެ ނިޔަތް ވަރަށް ސާފުކަމަށާއި، ތިބީ ވީ ވައުދުތައް ފުއްދުމަށްޓަކައި އަޒުމް ކަނޑައަޅައިގެންކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ އެންމެފަހުން ނެރުއްވި ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ދެއްވުމަށް ވައުދުވި 5000 ގޯތީގެ ވާހަކަ ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ މިއަދު މި ފަށަނީ މި ޕްރޮގްރާމްއަށް ކުރިމަތިލުމުގެ ފުރުސަތުކަމަށެވެ. ޟާޅޭގެ ރައްޔިތުނޖްނަށް މިއަދު އެބޭފުލޫހުން އެ ހުޅުވާ ލަނީ 1000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތުކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާލޭގެ ރައްޔިތުންގެ ތެރެއިން އެ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ތަނެއް ނެތް ނުވަތަ 600 އަކަފޫޓަށް ވުރެ ކުޑަ ތަންކޮޅެއް ވާރުތަވާން އޮތް މީހުންނާއި 600-1000 އަކަފޫޓާ ދެމެދުގެ ބިމެއް ވާރުތަވާން އޮތް މީހުންނަށް ހަ ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ސްކީމުގައި ވަކި ފަރުދެއްގެ ގޮތުގައި ނުވަތަ އާއިލާގެ މެމްބަރުންނާ ގުޅިގެން ވެސް ބައިވެރިވެވިދާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.އަސްލަމް ވިދާޅުވީ ގޯތި ދިނުމާއި ބެހޭ އުސޫލު އޮތްގޮތް މިއަދު އާންމުކުރާނެ ކަމަށާއި އެ ތިން ހާސް ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުން އަންނަ 4،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެއެވެ.

އަސްލަމް ވިދާޅުވީ އަތުގައި އޮތް ބިންކޮޅު ދޫކޮށްލުމަކީ ލާޒިމުކަމެއް ނޫން ކަމަށާއި އެ ބިން ދޫކޮށްލާފައި އެ ބިމުގެ އަގުން ފްލެޓަށް ޖެހޭ އަގުގެ ބައެއް އުނިކުރެވިދާނެ ކަމަށެވެ. އިތުރަށް ވާހަކައިގައި ފާހަގަކުރެއްވީ ޕޯޓަލް މެދުވެރިކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ފްލެޓާއި ގޯއްޗަށް ވެސް ކުރިމަތިލެވޭނެ ކަމަށާއި އެއަށް ފަހު ފޯމުތައް އިވެލުއޭޓްކޮށް މައުލޫމާތު ސާފުކުރުން ކުރިއަށް ދާނެ ކަމަށެއެވެ.

މާލެއަކީ 200 ހެކްޓަރުގެ ރަށެއް ކަމަށާއި ގުޅީފަޅުން 140 ހެކްޓަރުގެ ބިމުގައި ގޯތި ދޫކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެބޭފުޅުން ދޫކުރާ ގޯތީގެ އެންމެ ކުޑަ އަދަދަކީ 1250 އަކަފޫޓުކަމަށާއި ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތަށް އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށައޅާ ފޯމްތަކަށް ހޮވޭ ފަރާތްތަކަށް އެކަކަށްވުރެ ގިނަވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ޖާގަ އިތުުރުވެގެންދާނެކަމަށް އަސްލަމް ވިދާޅުވެ ފާހަގަކުރެއްވީ އެންމެ ބޮޑު ގޯއްޗެއްގެ ގޮތުގައި ދެވިގެންދާނީ 4000 އަކަފޫޓުގެ ގޯތިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: