ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ ޗީފް އޮފް ސްޓާފް، 2.3 މިލިއަން ރުފިޔާ ކޮމާޝަލް ބޭންކަށް ދައްކަން ހައިކޯޓުންވެސް ތާއީދު !

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، ކޮމާޝަލް ބޭންކަށް 2.3 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދު ކޮށްފިއެވެ.

ބޭންކަށް 2.3 މިލިއަން ރުފިޔާ ދައްކަން އެމްސީބީން 2018 ވަނަ އަހަރު އަލީ ޒާހިރަށް އެންގެވީ އޭނާ ޗެކެއް ދޫކުރެއްވުމުން އޭނާގެ އެކައުންޓްގައި އެވަރަށް ފައިސާ ނެތީސް، އޯވަޑްރާފްޓެއްގެ ގޮތުގައި ބޭންކުން ޗެކަށް ފައިސާ ދޫކުރުމުންނެވެ.

އަލީ ޒާހިރުގެ އެކައުންޓަށް ޖަމާކުރީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ.

އަލީ ޒާހިރު ޗެކް ދޫކުރެއްވީ އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވިކަމުގެ ބޭންކް ސްލިޕް ލިބުމުންނެވެ. އެކަމަކު އޭރު ފައިސާ ޖަމާ ނުވިޔަސް، ބޭންކުން ޗެކަށް ފައިސާ ދޫކުރި އެވެ. އަދި ފަހުން އޭނާއަށް އެންގެވީ 2.3 މިލިއަން ރުފިޔާ އޭނާ ދައްކަވަން ޖެހޭނެ ކަމަށެވެ. އޭނާ ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ. ސިވިލް ކޯޓުން ވެސް ނިންމާފައި އޮތީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.

އެ މައްސަލަ އަލީ ޒާހިރުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ ބޭންކުގެ އެންގުން ބާތިލް ނުކުރެވޭނެ ކަމަށެވެ.

ބޭންކުން އޯވްޑްރާފްޓްގެ ގޮތުގައި ދޫކުރި ފައިސާއަކީ އޭނާ ދައްކަވަންޖެހޭނެ ފައިސާ ކަމަށް ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައިވެއެވެ.

އެހެންކަމުން އަލީ ޒާހިރު ދޫކުރި ޗެކެއް ޕްރޮސެސްކޮށް، އަލީ ޒާހިރުގެ ކަރަންޓް އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން ފްރީ ގިފްޓެއް ކަމުގައި ބެލެވެން ނެތް ކަމުގައި ހައިކޯޓްގެ ހުކުމުގައިވެއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 63%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: