ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަޔާންގެ މަރުގެ މައްސަލަ: ތަހުގީގަށް ނުފޫޒު ފޯރުވަން އުޅުނު މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީގައި މަރާލި ޒުވާނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖޫން 2 ގައި އައްޑޫ ސިޓީގައި ޒުވާނަކު މަރާލި މައްސަލައިގެ ތަހުގީގަށް ހުރަސް އަޅައި ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ހުކުރު ދުވަހު އެ މީހާ ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ 37 އަހރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ 21 އަހރުގެ ޒުވާނާ މަރާލި މައްސަލައިގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުޑަކުއްޖަކަށް ނުރަނގަޅު ނުފޫޒު ފޯރުވައި، ފުލުހުން ކުރަމުންދާ ތަހުގީގަށް ހުރަސް އަޅައި، ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅުމާއި އެކަމަށް ދަތި ކުރަމުންދާ މައްސަލައިގައި ކަމަށެވެ. އޭނާގެ އިތުރުވެސް އެހެން ބައެއް ފަރާތްތަކުން މި މައްސަލައިގައި ތަހުގީގަށް ނުފޫޒު ފޯރުވައި ހުރަސް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

21 އަހަރުގެ ޒުވާނާ މަރާލި މައްސަލައިގައި މިހާތަނަށް 18 އަހަރުން ދަށުގެ 2 ކުއްޖަކު ހިމެނޭހެން 7 މީހުން ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި 16 އަހަރާއި 15 އަހަރުގެ ދެ ކުދިންނާއި 18 އަހަރާއި 28 އަހަރާ ދެމެދުގެ ފިރިހެނުން ހިމެނެއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް ހުކުމް ކޮށްފައިވާއިރު އަނެއްބައި މީހުންގެ ބަންދުގެ މުއްދަތު ވަނީ 3 ވަނަ ފަހަރަށް އިތުރު ކޮށްފައެވެ.

ފުލުުހުން ބުނީ މި މައްސަލައިގައި ތަހުގީގަށް މިހާތަނަށް ލިބިފައިވާ ކުރިއެރުމާއި ހޯދިފައިވާ ހެއްކާ ބެހޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާ ކުރެވި ތަހުގީގު ފުރިހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.

އައްޑޫ ސިޓީގައި ޖުމްލަ 12 ގޭންގެއް ހަރަކާތްތެރިވަމުން އަންނަ ކަމަށް ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ކުށްތަކަށް އަރައިގަންނަ ގުރޫޕުތަކުގެ އިތުރުން އައްޑޫގައި މަސްތުވާތަކެތީގެ މައްސަލައާއި ކުދި ކުށްތައް ކުރާ މީހުންގެ މައްސަލަ ބޮޑުވެފައިވާ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: