ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުދައާ ގުޅިގެން ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދެން: ޝާހިދު

އދގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ހިސާބުތަކުން އަރަމުން އަންނަ އުދައާ ގުޅިގެން ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދި ދުއާ ދަންނަވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރާއާ ގުޅިގެން އުދަ އަރައި ގެއްލުނު ލިބުނު އަތޮޅުތަކުގެ އަދަދު ހަތަކަށް އަރާއިރު މީގެ ތެރޭގައި ހިމެނެނީ، ތ. އަތޮޅުގެ ނުވަ ރަށަކާއި ގދ. އަތޮޅުގެ ހަތަރު ރަށަކާއި އދ. ފެންފުއްޓާއި ޅ. ކުރެންދޫ އާއި ލ. މާވަށާއި ގއ. ކޮލަމާފުށީގެ އިތުރުން އައްޑު ސިޓީގެ އެކި ރަށްތަކަށެވެ. އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ އައްޑޫ މަރަދޫ، މަރަދޫ ފޭދޫ އަދި ގދ. މަޑަވެއްޔަށެވެ.

އދ. ގެ އާންމު މަޖިލިހުގެ ރައީސް ރައީސް ކަން ވެސް ކުރައްވާ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރުމާ ގުޅިގެން އެ ރަށްރަށުގެ ރައްޔިތުންނަށާއި މުދަލަށް ލިބެމުންދާ ގެއްލުމުގެ ސަބަބުން ރައްޔިތުން ތަހަންމަލު ކުރާ ހިތްދަތިކަމުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޝާހިދު ކުރެއްވި މި ޓްވީޓުގައި އިތުރަށް ވަނީ ދިވެހިންނަށް ރައްކާތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށެވެ.

އުދައިގެ ސަބަބުން ރާއްޖޭގެ 300 ވަރަކަށް ގެއަށް އެކި ވަރުގެ ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ ސެންޓަރުން ބުނެފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އުދަ އަރާނެ ކަމަށް މެދު ރާއްޖޭގެ އަތޮޅުތަކުން ފެށިގެން ދެކުނުގެ ހިސާބުތަކަށް ރީނދޫ އެލާޓް ނެރެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: