ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހަންކެޑެ ބުރިޖު އޮޔާ ގޮސްފި!

އައްޑޫ ހަންކެޑެ ބުރިޖު އަޅާ ސަރަހައްދު: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ އެފްކޮންސް ކުންފުނިން އައްޑޫ ސިޓީގެ ހަންކެޑެ ސަރަހައްދުގައި ހަދަމުންދާ ބުރިޖަށް، އުދަ އެރުމުގެ ސަބަބުން، ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އައްޑޫ ސިޓީގައި ތަރައްގީ ކުރަމުންދާ ހަނކެޑެ ބުރިޖަކީ،  އައްޑޫ ސިޓީ ހަންކެޑެ ވަކިކޮށް، ގައުކެނޑިން މަރަދޫއަށް ބްރިޖެއް އެޅުމަށް އެ މަނިކުފާނުވެފައިވާ ވައުދުގެ ދަށުން ކުރާ މަސައްކަތެކެވެ. އެގޮތުގެ މަތިން އަޅަން ފަށާފައިވާ ބުރިޖުގެ މަސައްކަތައް ޖަމާކޮށްފައިވާ ފަސްގަނޑުގެ އިތުރުން ބަހައްޓާފައިވާ އެކުއިޕްމެންޓަށްވެސްވެސް ލޮނުގެ އަސަރުކޮށް ގެއްލުންތަކެއް ލިބެމުންދާ މަންޒަރުގެ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައިވެސް އާންމުކޮށްފައިއެވެ.

އުދައެރުމުގެ ސަބަބުން ހަނކެޑެ ބުރިޖަށް އެތައް ގެއްލުންތަކެއް ލިބިގެންދިޔައިރު، މޫސުން ގޯސްވެ އުދައެރުމުގެ ސަބަބުން ގިނަ އަތޮޅުތަކެއްގެ ރަށްތަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގދ. މަޑަވެއްޔަށް އުދަ އަރައިި، އެ ރަށުގެ ނުވަދިހަ އަށް އިންސައްތަ ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް އެރަށު ކައުންސިލްގެ ރައީސް ފިޔާޒް ހަސަންވަނީ ވިދާޅުވެފައިއެވެ. އަދި އެ ރަށުގެ ބައެއް އާއިލާތައް ހާލުގައި ޖެހި އެހީވުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުތަކަށް ބަދަލުކޮށްފައިވާކަމަށްވެސް ބުނެފައިވެއެެވެ.

ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގެ ރަށްތަކަށް މޫސުންގޯސްވުމުގެ ސަބަބުން ވިއްސާރައާއި، އުދައިގެ ސަބަބުން ގެއްލުންތައް ލިބެމުންދާއިރު، ރާއްޖޭގެ މެޓް ސެންޓަރުންވަނީ، ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރި، ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް ޔެލޯ އެލާޓުވެސް ނެރިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: