ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

240 ބްލެޓް ޑްރަގްސް އެތެރެކުރި މީހާގެ ބަންދަށް ހަތް ދުވަސް އިތުރުކޮށްފި

މިއަދު ނައްތާލެވުނު މަސްތުވާތަކެތީގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި ބިދޭސީންގެ ބަންދަށް ހަތް ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތްކޮށްފައިވަނީ އަޔަރލޭންޑްގެ ދެ ފިރިހެނުންނެވެ. އެއީ ކެލްވިން މެރޫ (41އ) އާއި އަލަން ވަލްޓަރ ކްރޮމް (41އ) އެވެ. އެއިން ކޮންމެ މީހެއްގެ ބަނޑުގައި 120 ބުލެޓްގެ މަސްތުވާތަކެތި ހުރިއިރު އެތަކެތި ބޭރުކުރެވެންދެން ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު އެމީހުންގެ ޣައިރު ހާޒިރުގައި ބަންދަށް ދިނީ ފަސްދުވަހުގެ މުއްދަތެކެވެ. ބަންދަށް ފަސްދުވަސް ދިނީ ދިރުވާލި މަސްތުވާތަކެތި ބޭރުކޮށް ނިމި ހޮސްޕިޓަލުން ދޫކޮށްލުމުން އެމީހުން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރު ކުރުމަށް ފަހުގައެވެ.

އެގޮތުން އެމީހުންގެ ބަންދާއިމެދު  ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ ހަތް ދުވަހެވެ. އެދެމީހުން ހަތް ދުވަހަށް ބަންދުކުރުމަށް އިސްގާޒީ އަހުމަދު ޝަކީލް ނެރުއްވި ކޯޓް އަމުރުގައި ބަޔާންކޮށްފައިވަނީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށްކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވަނީ ލިބިފައިކަމަށެވެ.

ކޯޓް އަމުރުގައި އިތުރަށް ބުނެފައިވަނީ އެދެމީހުންގެ ދިފާއީ ވަކިލާއި ބައްދަލުވެ ލިޔެކިޔުންތައް ލިބުމުން ހަތް ދުވަހުގެ ތެރޭގައި އެ މީހުން ކޯޓަށް ހާޒިރުކުރަން ވާނެކަމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: