ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގައި ހުރި މަސްތުވާތަކެތީގެ ތަފްސީލުތައް ހާމަކުރަން އަންގައިފި

ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަސްތުވާތަކެތީގެ ތަފްސީލުތައް ހާމަކުރަން ޖެހޭކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ 2021 ވަނަ އަހަރު އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިއީ ވަރަށް ތަފްސީލީ ތަހުގީގަކަށްފަހު އަތުލައިގަތް ތަކެތިކަމަށެވެ.

މި މައްސަލައިގައި 3 މީހުން ހައްޔަރުކުރިއިރު، ކުށް ސާބިތުވީ އެކަކުގެ މައްޗަށްކަމަށް ވިދާޅުވިއެވެ. އޭނާގެ މައްޗަށް ހުކުމް ކުރީ އުމުރަށް ޖަލަށްލުމަށާއި 1 ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށެވެ. މި ކޭސްތައް ރިވިއުކުރުމަށާއި، ތަފްސީލު ހާމަކުރުމަށް އަންގަވާފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ޖިނާއީ މައްސަލަތަކާއި ބެހޭ ކޯޓު ކަމަށްވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައެކެވެ.

މިނިސްތަރު އެ ވިދާޅުވީ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީވެސް ގދ ހޯޑެއްދޫއަށް ނިސްބަތްވާ 3 މީހުންކަމަށްވާއިރު، އެ މީހުންގެ މައްޗަށް އުފުލީ ޑައިމޯފިން އެތެރެ ކުރުމުގެ ދައުވާއެވެ.

މިއީ މާލޭގެ 3 ގެއަކާއި، ހުޅުމާލޭގެ 1 ގެ އަދި ޓެކްސީއެއްގެ އިތުރުން ޕްރައިވެޓް ކާރެއް ބަލާ ފާސްކުރުމަށްފަހު ހޯދި ތަކެއްޗެވެ. އަދި 3 ސައިކަލުވެސް މި މައްސަލައިގައި ބަލާ ފާސްކުރިއެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: