ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޓު އަމުރާ ހިލާފަށް އަރުޝަދު ދޫކޮށްލި ފުލުހުންނަށް ފިޔަވަޅު އަޅަނީ

ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ އަރުޝަދު ހާލިދު ހައްޔަރުން ދޫކޮށްލުމުގައި ބޮޑެތި ގޯސްތަކެއް ހަދައި ބައެއް ކަންކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭތީ މިކަމުގައި ބައިވެރިވި ފުލުހުންގެ މައްސަލަތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޕޮލިސް ބޯޑަށް ހުށަހަޅައިފިއެވެ.

2020 ވަނަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަރުޝަދު އެންމެ ފުރަތަމަ ހައްޔަރު ކުރީ، މާލޭގެ ގެއެއް ބަލާ ފާސް ކުރުމުގެ ތެރެެއިން 09 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ފުޅާދާއިރާއެއްގައި އެތަކެތީގެ ވިޔަފާރިކުރާ ބޮޑު ނެޓްވޯކެއްގެ އިސް ލީޑަރުކަމަށް ތުހުމަތު ކުރެވެ އެވެ. އަދި ޑައަމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އުފުލި އަރުޝަދު އެ މައްސަލައިން ވަނީ މިނިވަންވެފަ އެވެ.

119 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެރެކުރުމުގައި އިސްދައުރެއް އަދާކުރި ކަމަށް އަރުޝަދުގެ މައްޗަށް ތުހުމަތު ކުރެވޭއިރު އޭނާ ފިލައިގެން ގޮސް ސްރީލަންކާގައި އުޅުމަށް ފަހު ޑުބާއީއަށް ދިޔައެވެ. ނަމަވެސް ޑުބާއީގެ އެއާޕޯޓުން އޭނާ ހިފަހައްޓައި އަނބުރާ ލަންކާއަށް ފޮނުވާލުމުން ލަންކާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ހޯމަ ދުވަހުގެ ރޭ އޭނާ ރާއްޖެއައުމުން ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ އޭނާ ދޫކޮށްލާފައެވެ. ދޫކޮށްލިއިރު އޭނާ ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ވެސް ނެރެފައިވެއެވެ.

މި މައްސަލަ ގުޅިގެން ޕީޖީ އިން ނެރުނު ބަޔާނުގައިވަނީ، މި މައްސަލާގައި އަމަލުކުރަންވީ ގޮތާއި ގުޅިގެން ފުލުހުންނަށް އިރުޝާދުވެސް ދީފައިވާނެކަމަށާއި، ނަމަވެސް މި ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފަށްކަމަށެވެ.އަރުޝަދު ދޫކޮށްލުމަށް އެއްވެސް ލަފައެއްދީފައިނުވާނެކަމަށާއި، އަދި މިަމުގައި ފުލުހުން ޕީޖީގެ ލަފަޔަކަށް އެދިފައިނުވާކަމަށް ޕީޖީން ބުނެފައިވެއެވެ.

މިކަން ހިނގާފައިވަނީ މައްސަލަ ތަޙުޤީޤުކުރާ ފަރާތާއި، ތަޙުޤީޤުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށާއި، އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޕީޖީން އަންގާފައިވާކަމަށް ވަނީ ބުނެފައެވެ.

ޕީޖީގެ ބަޔާނުގައި އިތުރަށް ވަނީ މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީ ނަމަވެސް، މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެކަމަށެވެ.

މި މައްސަލައިގައި ރޭ ހައިކޯޓުގައި ބޭއްވި އަޑުއެހުމުގައި ހައިކޯޓުން އަމުރުނެރުނީ އަރުޝަދުގެ ޕާސްޕޯޓު ހިފެހެއްޓުމަށެވެ. އަދި ކޯޓުގެ ހުއްދަ ނެތި މާލެއިން ފުރުން ވެސް ކޯޓުން ވަނީ މަނާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: