ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލަމާފުށީ އަންހެންކުއްޖާ ރޭޕްކުރި މައްސަލާގައި ކުށުކުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައިވާ ކޮށްފި

ޕީޖީ ޙުސެއިން ޝަމީމް. ފޮޓޯ:ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ 22 އަހަރުގެ އަންހެނަކު އެ އަތޮޅު ވިލގިލިގައި ރޭޕް ކުރި މައްސަލާގައި ހައްޔަރުކުރި މީހުންނަށް 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ދައުވާ ކުރަން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ބުނީ މިމައްސަލައިގައި ދައުވާލިބޭ މީހުންނަކީ، ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ އިބްރާހީމް ރިޟާއާއި، ގއ. ވިލިނގިލި ކެޔޮވިނަ އަޙްމަދު ޝާލްއާއި ގއ. ވިލިނގިލި މަލަސް މުޙައްމަދު މާއިލް މިހާދު ކަމަށެވެ. މިތިން މީހުުންވެސް މިވަގުތު ތިބީ ފުލުހުންގެ ބަންދުގައި ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލަ އަކީ ކޮލަމާފުށީ ފާމަސީގައި މަސައްކަތް ކުރަމުންދާ ޒުވާނަކު އޮޑިޓް ކަމެއްގައި ވިލިގިއްޔަށް ގޮސް ހުއްޓާ ހިނގާފައިވާ ކަމެކެވެ. ކޮލަމާފުށީ މީހަކު “ސަންގަށް” ބުނީ އެ އަންހެނެ ކުއްޖާ އެރަށަށް ދިޔައީ އޮޑިޓް ކަމެއްގައި ކަމަށާއި، އެއީ ތިން ދުވަހުގެ މަސައްކަތެއް ކަމަށެވެ. އެކަން ހިނގި އިރު އަންހެން ކުއްޖާ ހުރި ގޭގެ މީހުން ރަށުގައި ނެތް ކަމަށެވެ.

މި ހާދިސާ ހިނގާފައިވަނީ ޖުލައިމަހު 29 ވަނަ ދުވަހެވެ. މި ކަމާއި ގުޅިގެން ފުލުހުން އޭރު ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން ތިން ފިރިހެނުން ހައްޔަރު ކުރިކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕީޖީން ބުނީ މިއަހަރުގެ ޖުލައި މަހުގެ ފަހުކޮޅުގެ ދުވަހެއްގައި، މި ތިން މީހުން، ގއ. ވިލިނގިލީ ގެއެއްގެ ކޮޓަރިއެއްގެ ތެރޭގައި އަންހެނެއްގެ ނުރުހުމުގައި އޭނާ ހިފަހައްޓައި، ރޭޕްކޮށްފައިވާ ކަމަށެވެ. އެހެންކަމުން  ޖިންސީ ކުށުގެ ޤާނޫނުގެ ގެ 14 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން 25 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނަ ގޮތަށް ދައުވާ ކުރަން ނިންމާފައިވާ ކަމަށެވެ.

ޕީޖީން ބުނީ މި މީހުންނަށް ދައުވާ ކުރަން ނިންމާ މިހާރު ވަނީ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ކަމަށެވެ. ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި، ކުށުގެ ޢަމަލު ސާބިތުކުރުމަށް ހަރުދަނާ ހެއްކާއި ޤަރީނާ ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އޭގެ ތެރޭގައި، ހެކިބަސްދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި، ޑީއެންއޭ ރިޕޯޓުތައް ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން ޖިންސީ ކުށުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން  އިބްރާހީމް ރިޟާއާއި އަޙްމަދު ޝާލްއާއި މުޙައްމަދު މާއިލް މިހާދުގެ މައްޗަށް މީހަކަށް ޖިންސީ އަނިޔާއެއް ކުރުމުގެ ބޭނުމުގައި ހިފެހެއްޓުމުގެ ކުށުގެ ދަޢުވާ ކުރެވޭ ކަމަށާއި، އަސާސީ އަދަބެއްގެ ގޮތުން 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވޭނެ ކަމަށްވެސް ބުނެއެވެ. އަދި މި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރިމީހުން ކުޑަކަމުދާތަކެތި ނަގައި ތަޙުލީލު ކުރިއިރު، ކެނަބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގެ 115 ވަނަ މާއްދާގެ (ހ) އާއި، 148 ވަނަ މާއްދާއާ ޙަވާލާދީ، 115 ވަނަ މާއްދާގެ (ށ) ދައުވާ ކުރެވޭނެ ކަމަށްވެސް ޕީޖީން ބުނެއެވެ.

އެގޮތުން އިބްރާހީމް ރިޟާގެ މައްޗަށް ކެނަބިސް ބޭނުންކުރުމުގެ ދައުވާ ކޮށް އަސާސީ އަދަބެއްގެ ގޮތުން 3 އަހަރަށް ޖަލަށްލެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: