ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ކުރިއަށްގެންދެވޭނެ ގާބިލުކަން ނެތްނަމަ ރައީސް ސާލިހު އިސްތިއުފާދީ: އިދިކޮޅުގެ ޕީޖީ

މަޖިލީހުގައި އާއި މުޒާހަރާގައި ހިގައި ދިޔަ ހަމަނުޖެހުމަށްފަހު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

‎މަޖިލީސް ކުރިއަށްގެންދެވޭނެ ގާބިލުކަން ނެތްނަމަ ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމަށް އިބުރާހީމް މުޙައްމަދު ޞާލިޙަށް އިދިކޮޅުން ގޮވާލައިފިއެވެ.

ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިސް ގަސްތުގައި ހުއްޓުމަކަށް ގެނެސްފައިވާކަމަށް ބުނެ އެކަންކުށްވެރިކޮށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމަންޓް ގުރޫޕުން ނެރިފައިވާ ނޫސް ބަޔާނުގައި، މިކަން ކުށްވެރިކޮށްފައިވެއެވެ. މިގޮތަށް މަޖިލިސް ހުއްޓުމަކަށް ގެނެސްފައި މިވަނީ ސަރުކާރުގެ މެޖޯޓީއޮވެމެ، ސަރުކާރުން ބޭނުންވެގެންކަމަށް އެ ޕާޓީގެ ޕީޖީއިން ދެކޭކަމަށް ބުނެފައިވެއެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއް ބާރުކަމަށް ވީހިނދު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބޭއްވުމަކީ އެ ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް ބުނެފައިވެއެވެ.

‎ރައްޔިތުންގެ މަޖިލީހަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ވަޒީރުން ޖަވާބުދާރީ ކުރުވުމުމަށް އޮތް ދައުލަތުގެ އެންމެ މުހިންމު އެއް ބާރު ކަމަށް ފާހަގަކޮށް، ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން މަރުތަޅު އަޅުވާފައި އޮތުމާއެކު މިހާރު ދިވެހި ދައުލަތް ހިނގަމުން މިދަނީ ޤާނޫނުއަސާސީގައި ބަޔާންކުރާ 3 ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ނޫންކަމަށް ބުނެފައިވެއެވެ. އަދި މިގޮތަށް މިކަން މިކުރަނީ ރިޔާސީ އިންތިޚާބާ މިހާ ގާތްވެފައިވަނިކޮށް، ހީލަތްތެރިކަމާއެކު ދުރާލާ ސަރުކާރުން ރާވައިގެން، ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި ރައްޔިތުންގެ އަޑު ކަނޑުވާލައި، އިދިކޮޅު ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަނިޔާ ދިނުމަށް ކަމުގައި އިދިކޮޅުގެ ޕީޖީއިން ގަބޫލުކުރެއެވެ. އަދި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

ދިވެހި ދައުލަތުގެ ކީރިތިކަމާއި މޫރިތިކަން ނަގާލައި، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ގެއްލުވާލައި، ދައުލަތުގެ ތިން ބާރު މައްސުނިކޮށް، ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވުމަކީ ޚުދުމުޚުތާރު، ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ބުނެފައިވެއެވެ. ދިމިގުރާތީ ސިފަތަކާ ބީރައްޓެހި ސިފައެކަމަށްވެސް ބުނެފައިވެއެވެ.

‎ދުވަހަކުވެސް ދިވެހި ދައުލަތް ނުވެއްޓޭފަދަ ނާޒުކު ޙާލަތަކަށް ދިވެހި ޤައުމު ވެއްޓިފައިމިވާ ދަނޑިވަޅުގައި ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުން ހުޝިޔާރުވެ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކޮށްފައިވެއެވެ. މިނިވަން މުއައްސަސާތަކުން ރާއްޖޭގައި ހިނގަމުންދާ ޤާނޫނާ ޚިލާފު ކަންކަމަށް ފާރަވެރިވުމަށް ގޮވާލަފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާތައް ބޭއްވޭނެގޮތެއް މިހާރުން މިހާރަށް ހެދުމަށް ސަރުކާރަށް ގޮވާލާފައިވާއިރު، އެފަދަ ޤާބިލުކަމެއް ނެތްނަމަ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާ ދިނުމަށް އިބުރާހީމް މުޙައްމަދު ޞާލިޙަށް އިދިކޮޅުން ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 31%ވަރަށް ގަޔާވޭ 6%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 13%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: