ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުރިމަނާ ފަސްކުރުމުގެ އަމުރު އިސްތިއުނާފު ނުކުރުމަށް ޕީޖީއިން ނިންމައިފި

ރައީސް ޔާމީންގެ ޝަރީއަތުގެ ތެރެއިން: ފޮޓޯ/ޝަރީއަތުގެ ސްކްރީންޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިޗާ ޖޫރިމަނާގެ ފައިސާ ދެއްކުން ފަސްކުރުމަށް ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފު ނުކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރެލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ރައީސް ޔާމީން ވަނީ މަނީ ލޯންޑާ ކުރުމާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގައި 5 މިލިއަން ޑޮލަރުން ޖުރިމަނާކޮށްފައެވެ. ރައީސް ޔާމީންއަށް ރިޔާސީ އިންތިހާބުގައި ޥާދަކުރުމުގެ ހައްގު ގެއްލުނު ސަބަބުތަކުގެ ތެރޭގައި މި ދަރަނި ނުދައްކާ އޮތުން ހިމެނުނުއިރު، ރައީސް ޔާމީން ވިދާޅުވީ ދަރަނި ދައްކަންޖެހޭ ވަކި ތާރީހެއް ދީފައިނުވާކަމަށެވެ.

އެމަނިކުފާނު ވަނީ ޖޫރިމަނާކުރުމަށް ނިންމާފައިވާ ނިންމުން ތަންފިޒުކުރުން ފަސްކުރުމުގެ އަމުރަކަށް ހައި ކޯޓުގައި އެދިފައެވެ. މިކަމާއި ގުޅިގެން ރައީސް ޔާމީން ގެ ފަރާތުން ކޯޓަށް ހުށައެޅި ސަބަބުތަކާއި، މައްސަލައާއި އެއްގޮތަށް މި އަމުރު ނެރެދިނުމަށް ހައި ކޯޓުން ވަނީ މި މަހުގެ 13 ވަނަ ދުވަހު ނިންމާފައެވެ.

އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފުކޮށްފައިވާއިރު، ޝަރީއަތް ހިންގައި ގޮތެއް ކަނޑައަޅައިފިނަމަ، ހައިކޯޓުން ބަލަމުންދާ މި މައްސަލައިގައި އިންސާފު ގާއިމްކުރުމަށް ހުރަސް އެޅިދާނެކަމަށް ފެންނަކަމަށް ހައި ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެއެވެ. އެހެންކަމުން ގޮތެއް ކަނޑައަޅަންދެން ނުވަތަ، މި ނޫން ގޮތަކަށް އެ ކޯޓުން އަންގަންދެންޖޫރިމަނާ ދެއްކުން ފަސްކުރުމަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މިކަމާއި ގުޅިގެން ޕީޖީއިން ބުނީ ހައިކޯޓުން ނެރުނު އަމުރަކީ ވަގުތީ އަމުރެއްކަމުން، އެ ހުކުމުގެ އިސްތިއުނާފީ މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހަށް ތާވަލުކުރެވިފައިވާތީ, އެއް މައްސަލައާއިމެދު ގޮތެއް ނިމުމުން ވަގުތީ އަމުރުވެސް ނިމުމަކަށް އަންނާނެކަމަށެވެ. އެހެންކަމުން ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރު އިސްތިއުނާފު ނުކުރުމަށް ނިންމާފައިވާކަމަށް ޕީޖީއިން ބުންޏެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުުރުން ފަސްކޮށްދިނުމުގެ އަމުރަކަށްވެސް އެދިފައެވެ. ނަމަވެސް މި އަމަރު ކޯޓުން ނެރެދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: