ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ މަހު ޕީޖީ އޮފީހުން 225 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވޭ : ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ އޮކްޓޯބަރު މަހު ރާއްޖޭގެ 16 ކޯޓަކަށް ހުށައެޅުނު 167 މައްސަލައިގައި 225 މީހުއްގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި އެންމެ ގިނަ މައްސަލަ ހުށައެޅިފައިވަނީ މައިގަނޑު 5 ކޯޓަކަަށެވެ. އެގޮތުން ކްރިމިނަލް ކޯޓަށް 112 މައްސަލަ ހުށައެޅުނު އިރު ޑަރަގްކޯޓަށް ވަނީ 69 މައްސަލަ ހުށައެޅިފައެވެ. އަދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓޜަށް 22 މައްސަލަ ހުށައެޅިފައިވާއިރު ސ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ވަނީ 13 މައްސަލަ އާއި ސ މީދޫ މެޖިސްޓްރޭޓް ކޯޓަށް 8 މައްސަލަ ހުށައެޅިފައިވެއެވެ.

ހުސްވި އޮކްޓޯބަރު މަހު ޑްރަގް ކޯޓް ފިޔަވައި ދެން އެންމެ ގިނަ މައްސަލަ ނިންމާފަައިވަނީ ކްރިމިނަލް ކޯޓާއި މާލެ އަތޮޅަށް ނިސްބަތގްވާ ކޯޓުތަކުން ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. އަދި އެއީ 90 އިންސައްތައިގެ ކާމިޔާބު ރޭޓެއްކަމަށް ޝަމީމް ވިދާޅޫވިއެވެ.

3 މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމުމާއެކު 2 މައްސަލައެއް މަދަނީ މިންގަޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވާ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ. ވުމާއެކު އެދެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.

މާލޭގައި ހުންނަ ޑްރަގް ކޯޓް ފިޔަވައި ދެން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ ހދ އަތޮޅުންނެވެ. އެކަން ފާހަގަކޮށް ޝަމީމް ވިދާޅުވީ ހދ އަތޮޅުން ޖުމްލަ 15 މައްސަލަ ނިންމާފައިވާއިރު 9 މީހެއްގެ މައްސަލަ ސާބިތުވެ، 7 މީހެއްގެ މައްޗަށް ދައުވާ ސާބިތުވެފައިވާ ކަމަށެވެ.

ކޯޓަށް ހުށައެޅުނު މައްސަލަތަކުގެ ތެރެއިން ސާބިތުނުވެ އޮތް މައްސަލަތަކަކީ ހެކިންގެ ހެކިބަސް ނެތުމުގެ ސަބަބުން ސާބިތު ނުވެ ހުރި މައްސަލަތައް ކަން ވިދާުވެ ޝަމީމް ވިދާޅުވީ ހެކިންގެ ހެކިބަސް ނުލިބުމާއި މައްސަލަތައް ދިގުލައިގެން ދިއުމާ ގުޅުމެއް ވާކަމަށެވެ.

ކޯޓްތަކުން އެންމެ ގިނަ މައްސަލަ ނިންމީ އޮކްޓޯބަރު މަހުގެ ތިންވަނަ ހަފްތާގައި ކަމަށާއި އެއީ ޖުމްލަ 56 މައްސަލަ ކަމަށް ވެސް ޝަމީމް ވިދަޅުވިއެވެ. އެހެންކަމުން ނިމިދިޔަ އޮކްޓޯބަރު މަހުނ ދައުވާ ސާބިތުވިކަމަށް ނިންމި މައްސަލަތައް ނިންމަން އެވްރެޖްކޮށް ނަގާފައިވަނީ 553 ދުވަސް ކަމަށާއި ސާބިތު ނުވާ ކަމށް ނިންމި މައްސަލަތައް ނިންމަން 870 ދުވަސް ނެގިކަމަށް ޝަމީމް ވިދާޅުވިއެވެ.

ހުސްވި އޮކްޓޯބަރު މަހުގެ ތެރޭގައި އެންމެ ގިނައިން ހުށައަޅާފައިވާ  މައްސަލައިގެ ތެރޭގައި ހިމެނެނީ މަސްތުވާ ތަކެއްޗާއި ގުޅޭ 47 މައްސަލަ އާއި ޓެރަރިޒަމް އާއި ގުޅޭ 14 މައްސަލަ އަކާއި އެންޓި ޓޯޗަރގެ 10 މައްސަލަ އާއި ފުލުހުންގ ދައުރު އަދާކުރުމަށް ހުށަސްއެޅުމުގެ 15 މައްސަލަ ކަމަށް ޝަމީމް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: