ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރަށްވުރެ ގިނައިން މިސަރުކާރުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށްފި 

ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވަނީ - ފޮޓޯ: ރައީސް އޮފީސް
ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް ބައިވެރިވަނީ - ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއަށް އެތެރެކުރި ވަރަށްވުރެ ގިނައިން ރައީސް ސޯލިހްގެ ސަރުކާރުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރަން މިރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހް ވަނީ ކުރީގެ ފަސްއަހަރަށް ވުރެ ގިނައިން އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެވެފައިވާކަމަށް އިއުތިރާފް ވެފައެވެ.

ރައީސް ވިދާޅުވީ “ނޮވެންބަރު 2018 އިން ފެށިގެން މިހާތަނަށް، 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމުން ވަނީ އަތުލައިގަނެފައި. މިއީ އޭގެ ކުރީގެ 5 އަހަރާ އަޅައިބަލާއިރު، 32 އިންސައްތައަށްވުރެ އިތުރު ޢަދަދެއް.” ކަމަށެވެ.

ރައީސް ވިދާޅުވީ ކަސްޓަމްސްއަކީ، ރާއްޖޭގެ ބޯޑަރުތަކުގެ ފާރަވެރިޔާ ކަމަށެވެ. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖެއިން ބޭރުކުރާ ކޮންމެ އެއްޗެއްގެ ޤާނޫނީ ޞައްޙަކަން ކަށަވަރުކުރުމުގެ ޒިންމާ އަދާކުރަނީ ކަސްޓަމުންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތުގައި ކަސްޓަމަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މަސްތުވާތަކެތީގެ މައްސަލަ ކަމަށެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، އެފަދަ ތަކެތި ރާއްޖޭގައި ޓްރާންސިޓް ކުރުން ހުއްޓުވުމަކީ، ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައިނަލްއަޤްވާމީ ވިއުގަތައް ފުޅާވެފައި އޮތީ ކަންބޮޑުވާހާ ބޮޑު މިންވަރަކަށް. އަދި ރާއްޖޭގައި އޭގެ ވިޔަފާރިއާއި، އޭގެ ބޭނުންކުރުން ފުޅާވެފައި އޮތީވެސް އިންތިހާ ދަރަޖައަށް. މި މައްސަލަ ޙައްލުކުރުމަށް، ދައުލަތުގެ މުއައްސަސާތަކަށް ބޭނުންވާ އެކަށޭނަ އާލާތްތަކާއި ވަސީލަތްތައް ލިބުމުގައިވެސް އެތައް ދަތިތަކެއް އެބަހުރި.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގޮންޖެހުން ކިތަންމެ ބޮޑު ނަމަވެސް، މަސްތުވާތަކެތީގެ މައްސަލައަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ޙައްލުކުރަން ބޭނުންވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން، މިކަން ޙައްލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް އެބަ ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

5 Responses

  1. ކުރީސަރުކާރުގަ މަސްތުވާއެއްޗެހި ކަންކަމަށް މަގުފަހި ކޮށްދިންކަން މި ސާބިތު ވަނީި

  2. ކަސްޓަމްގެ ރިކޯޑުން ފެންނަނީ އަތުލައިގަތް މިންވަރުތޯ އެތެރެވި މިންވަރުތޯ؟ ތިޔަށްވެސް ކިޔަނީ ނޫސްވެރިކަންތޯ؟ އިންސާނެއްވިއްޔާ ލަދުހަޔާތްވެސް ކޮންމެވެސް ވަރަކަށް ހުންނަން ވާނެކަމަށް ދެކެން

  3. ސުރުހީ ކީމަ ފަހުމްނުވަނީތޯ!؟ ކުރީސަރުކާރު ތަކުންވެސް އަތުލައިގަންނަ މަސްތުވާތަކެތި އާއި މިސަރުކާރު އަތުލައިގަންނަ އަދަދުތަށް ބަލަނީ އިންޕޯޓްކުރި ތަކެތިގޮތުގަ. ވަގަށް އެތެރެކުރާ މަސްތުވާތަކެތިވިޔަސް އަދި އާދައިގެ މުދަލެއްވިޔަސް ހިސާބެއްނޭގޭނެއްނު؟؟!

  4. މިކަންވެސް އަބުރާލައިގެން އެންމެ ގިނައިން އަތުލައގަތީ މި 5 އަހަރުގަޔޯ. ބަލަ އެތެތެކުރާވަރު ގިނަވާވަރަކަށް އަތުލެވޭވަރުވެސް ގިނަވާނެ ކަމަށް ނޭގޭކަމީ ދެރަވަރު ކަމެއް!!!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: