ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ދިޔާނާ!

ޑެޕިއުޓީ ކޮމިޝަނަރު ދިޔާނާ: ފޮޓޯ/ ކަސްޓަމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމަށް ފާތިމަތު ދިޔާނާ އައްޔަނުކޮށްފިއެވެ.

ކަސްޓަމްސްއިން މީޑިއާތަކާއި  މައުލޫމާތު ހިއްސާކޮށްފައިވާގޮތުން މިއީ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އަންހެނަކު އައްޔަނުކޮށްފައިވާ ފުރަތަމަ ފަހަރުކަމަށެވެ. އެހެންކަމުން މިއީ ތާރީހީ ކަމެއްކަމަށާއި މިކަމަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށާއި އަންހެނުން ބާރުވެރިކުރުމާއި ދިމާލަށް އެޅުނު ވަރުގަދަ ފިޔަވަޅެއްކަމަށް ބުނެފައިވެއެވެ.

ކަސްޓަމްސްއިން ހިއްސާކުރިގޮތުން، ޑެޕިއުޓީ ކޮމިޝަނަރ ދިޔާނާއަކީ 23 އަހަރު ދުވަސް ހިދުމަތްކުރައްވާފައިވާ މީހެއްކމަށެވެ. އެގޮތުން ކުރިން ޑެޕިއުޓީ ޗީފް ސުޕަރއިންޓެންޑެންޓް ގެ މަގާމުވެސް އަދާކުރައްވާފައިވާކަމަށާއި އެކަމުން އޭނާގެ ތަޖުރިބާހުރި މިންވަރު ފެނިގެންދާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: