ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެއަށް 5.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކުރި: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 5.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ހާމަކޮށްފިއެވެ.

މި އަދަދަކީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 27 އިންސައްތަ ކުރިއެރުމެއްކަމަށް ކަސްޓަމްސް އިން ބުނެފައިވެއެވެ. ނަމަވެސް މިއަދަދުތަކުގެ ތެރެއިން އާމްދަނީގެ ދެ އިންސައްތަ ދަށްވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައެވެ.

2021 ގެ ޑިސެމްބަރުގައި ކަސްޓަމްސް އަށް އާމްދަނީގެ ގޮތުގައި 364 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވަނީ 356 މިލިއަން ރުފިޔާއެވެ.

2022 ވަނަ އަަހަރުގެ ޑިސެމްބަރު މަހުގައި 299 މިިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވާއިރު އެންމެ ގިނަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލޭންޑް އަށެވެ.

2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެ އެތެރެކުރި 5.6 ބިލިއަން މުދަލުގެ ތެރެއިން އެންމެ ބޮޑު އިންސައްތަ މުދާ އިމްޕޯޓް ކުރީ ފްރާންސުންނެވެ. އެގައުމުން 766 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނަ މުދާ އިމްޕޯޓް ކުރީ އޮމާނުންނެވެ. އޮމާނުން 754 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށް އިންޑިއާއިން 724 މިލިއަން ރުފިިޔާގެ މުދާ ހުސްވި ޑިސެމްބަރުގައި ރާއްޖެ އައިސްފައިވެއެވެ.

މީގެ އިތުރުން ސިންގަޕޫރުން 694 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ.

ޗައިނާ އިން 532 މިލިއަން ރުފިޔާގެ މުދާ ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރުގައި ރާއްޖެ އެތެރެކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: