ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް މަސްތުވާތަކެއްޗެއް ނުގެއްލޭ: ކަސްޓަމްސް

ޝެއާރކޮށްލާ ކަހަލަދޯ؟

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ އަތުލައިގެންފައިވާ އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ނުގެއްލޭ ކަމަށް  މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން އާއްމުކުރި ބަޔާނެއްގައި ބުުނެފައިވަނީ އެއިދާރާއަށް ލިބޭ އިންޓަލިޖެންސް މައުލޫމާތުންނާއި ކަސްޓަމްސްގެ ސަވައިލެންސް ނިޒާމްގެ ތެރެއިން ޝައްކު ކުރެވިގެން ބަލާފާސްކޮށް އަތުލެވޭ މަސްތުވާތަކެތި، ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރުމަށްފަހު މަސްތުވާތަކެއްޗާއި އެކަމުގައި ޝާމިލްވާ ފަސިންޖަރު ފުލުހުންނާ ވަގުތުން ހަވާލުކުރާ ކަމަށެވެ.

މިހާތަނަށް އަތުލައިގަނެވުނު އެއްވެސް ބާވަތެއްގެ މަސްތުވާތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިފައިނުވާ ކަމުގެ ޔަގީންކަންވެސް ދޭ ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި 2022 ވަނަ އަހަރަކީ ކަސްޓަމްސްގެ ތާރީހުގައިވެސް އެންމެ ގިނަ އަދަދަކަށް މަސްތުވާތަކެތި އަތުލައިގަނެވުނު އަހަރު ކަމަށެވެ.

މީޑިއާގައި މައްސަލަ ރިޕޯޓް ކުރި ގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް ކަސްޓަމްސްގެ ގާނޫނުން ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމަށް ކަސްޓަމްސްއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭފަދަ ގޮތަކަށް އެއްވެސް ފަރާތަކުން މަސައްކަތްކުރުމަކީ އެ މުއައްސަސާއިން ބައިގަންނާނެކަމެއްނޫން ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް  ކަސްޓަމްސް އިން އާއްމު ކުރި ނޫސްބަޔާނުގައި ވެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގަައި ގެއްލިގެން އުޅެނީ ދެމައްސަލައެއްގައި ހިމެނޭ މަސްތުވާތަކެއްޗެވެ. އޭގެތެރެއިން އެ މައްސަލަ އަކީ މިމަހުގެ 8 ވަނަ ދުވަހު ރާއްޖެ އައި މީހަކު އަތުން ފެނުނު މަސްތުވާތަކެތި ގެއްލުނު މައްސަލައެއް ކަމަށާއި ދެވަނަ މައްސަލަ އަކީ އިއްޔެ ރާއްޖެ އައި މީހަކު އަތުން ފެނުނު މަސްތުވާތަކެތި ގެއްލުނު މައްސަލައެއް ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.

އެއާޕޯޓުން އަތުލިގެން 46 ކިލޯގެ މަސްތުވާތަކެތި ގެއްލުނު ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފައެވެ.

ފުލުހުން ވެސް ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި މީހަކު ކަސްޓަމްސް އިން ފުލުހުންނާއި ހަވާލުކުރިއިރު އޭނާގެ ލަގެޖް ނެތްކަން މީޑިއާގައި ކަށަވަރު ކޮށްދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: