ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ޖެނުއަރީ އެންމެ ގިނައިން ތަކެތި އިމްޕޯޓުކުރީ ޔޫއޭއީ އިން: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ބުނެފިއެވެ.

ރާއްޖޭގައި ތަކެތި އިމްޕޯޓުކުރެވޭ މިންވަރާއި ރާއްޖެއިން ބޭރަށް ތަކެތި އެކްސްޕޯޓުކުރެވޭ މިންގަނޑުތައް ބަޔާންކޮށް ކަސްޓަމްސްއިންވަނީ ތަފާސް ހިސާބުތަކެއް ހިއްސާކޮށްފައެވެ. ކަސްޓަމްސްއިން އެންމެ ފަހުން ހިއްސާކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކެވެ.

ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ ހިސާބުތަކުން ދައްކާގޮތުން ޖެނުއަރީ މަސް ނިމުނު އިރު ރާއްޖެއަށް އެންމެ ގިނައިން މުދައު އިމްޕޯޓުކޮށްފައިވަނީ ޔޫއޭއީ އިންކަމަށެވެ. އެ މުއައްސަސާއިން ބުނެފައިވާގޮތުން ރާއްޖެއަށް އިމްޕޯޓުކޮށްފައިވާ ޖުމުލަ މުދަލުގެ 18 އިންސައްތަ އެތެރެކޮށްފައިވަނީ ޔޫއޭއީންކަމަށާއި ދެވަނަ އަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ އޮމާނުންކަމަށްވެސް ބުނެފައިވެއެވެ.

އެ ގައުމުން އެތެރެކުރީ ޖުމުލަ މުދަލުގެ 15 އިންސައްތަކަމަށާއި ތިންވަނަ އަށް އެންމެ ގިނަ މުދާ އެތެރެކުރީ އިންޑިއާއިންކަމަށްވެސް ހިއްސާކޮށްފައިވެއެވެ. އަދި މި އަހަރުގެ ޖެނުއަރީގެ ތެރޭގައި އެތެރެކޮށްފައިވާ ޖުމަލަ މުދަލުން 14 އިންސައްތައަކީ އެ ގައުމުން ގެނެސްފައިވާ ސާމާނުކަމަށް ބުނެފައިވާއިރު ޗައިނާއިން އެތެރެކުރީ 13 އިންސައްތަ މުދާކަމަށްވެސް ބުނެފައިވެއެވެ. ކަސްޓަމްސްއިން ބުނެފައިވާގޮތުން މި އަހަރު ޖެނުއަރީގެ ތެރޭގައި ދެން އެންމެ ގިނަ މުދާ އިމްޕޯޓުކުރީ ސިންގަޕޫރުންކަމަށާއި އެ ގައުމުން އެތެރެކޮށްފައިވަނީ 11 އިންސައްތަކަމަށް ބުނެފައިވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ތެޔޮކަމަށް ކަސްޓަމްސްގެ މައުލޫމާތުތަކުން ދައްކާއިރު، ދެވަނަ އަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކަރަންޓު ސާމާނު ފަދަ ތަކެތިކަމަށްވެސް ބުނެފައިވެއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން އިމްޕޯޓުކޮށްފައިވަނީ ކެއިންބުއިމަށް ބޭނުންކުރާ މުދާކަންވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓުކުރާ ގައުމުތަކާއި ތަކެތީގެ މައުލޫމާތުތައްވެސް ކަސްޓަމްސްއިން ހާމަކޮށްފައިވެއެވެ. އެގޮތުން ޖެނުއަރީ މަހުގެ ނިޔަލަށް އެންމެ ގިނައިން އެކްސްޕޯޓުކުރީ ތައިލެންޑަށްކަމަށް ބުނެފައިވާއިރު، ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ތަކެތީގެ 38 އިންސައްތަ ފޮނުވީ އެ ގައުމަށްކަމަށް ބުނެފައިވެއެވެ. ރާއްޖެއިން ގިނަ އަދަދެއްގެ މުދާ އެކްސްޕޯޓުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުގެ އިތުރުން ބަންގްލަދޭޝްއާއި އިންޑިއާވެސް ހިމެނޭކަމަަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: