ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ސަރުކާރަށްވުރެ ގިނައިން މަސްތުވާތަކެތި އަތުލައިގަނެވުމަކީ ހޯދުނު ކުރިއެރުމެއް: މާރިޔާ

ދިފާއީ ވަޒީރު މާރިޔާ ދީދީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަތިހާލުގައި ރާއްޖެ އޮތްއިރުވެސް 182 ކިލޯ މަސްތުވާތަކެތި އަތުލައިގަނެވުމަކީ ކަސްޓަމްގެ ތެރެއިން ހޯދުނު ކުރިއެރުމެއްކަމަށް ދިފާއީ ވަޒީރު މާރިޔާ ދީދީ ފާހަގަކުރައްވައިފިއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއި ބެހޭ ޕްރެޒެންޓޭޝަން ހުށައަޅުއްވަމުން މާރިޔާ ވިދާޅުވީ ކަސްޓަމުން ކުރެވުނު މަސައްކަތުގެ ސަބަބުން 182 ކިލޯގެ މަސްތުވާތި މި ސަރުކާރު ވެރިކަމަށް ވަޑައިގެންނެވިތާ 3 އަހަރާ ބައި ތެރޭގައި ވަނީ އަތުލައިގެނެވިފައިކަމަށެވެ.

އެކަމަނާ ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ހަމައަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އަތުލެވިފައިވަނީ 138 ކިލޯގެ މަސްތުވާތަކެތިކަމަށެވެ.

ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުގައި ކޮވިޑް 19 ގެ ސަބަބުން ދަތުރުފަތުރަށް ދިމާވި މަޑުޖެހުންތަކާއި އިތުރު ދަތިތަކާއިއެކުވެސް އެ އަދަދަށްވުރެ ގިނަ މަސްތުވާތަކެތި އަތުލެވިފައިވާތީ މާރިޔާ ފާހަގަކުރެއްވީ މިއީ ކުރީ ސަރުކާރާއި އަޅާކިޔާނަމަ ލިބުނު ކުރިއެރުމެއްކަމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި އިންސާނީ ވަގުފާރި ކުރާ މިންވަރުވެސް އެމްޑީޕީ ވެރިކަމަށް އައުމަށްފަހު ކުރި މަސައްކަތުން ކުޑަކުރެވިފައިވާކަމަށް މާރިޔާ ވިދާޅުވިއެވެ.

“އިންސާނީ ވަގުފާރީގެ ނުރައްކަލަށް ބަލާލައިފިނަމަ އެމްޑީޕީގެ މި ވެރިކަމުން ހަވާލުވީއިރު ދިވެހިރާއްޖެ އޮތީ އެމެރިކާގެ ޓިޕް ރިޕޯޓްގެ ނުވަތަ ޓްރެފިކިން އިން ޕާސަންސްގެ ރިޕޯޓުގަ ވޮޗް ލިސްޓަށް ލާފަ، ވޮޗް ލިސްޓަށް ލީމަ މިވާގޮތަކީ ދެން އިތުރު ޓަޔަރަކަށް އަޅުގަނޑުމެން ވެއްޓިއްޖެކަމުގައިވާނަމަ އެމެރިކާ ލިބޭ އެއްވެސް އިތުރު އެހީއެއް ނުލިބޭ”

މިފަދައިން ވިދާޅުވެ މާރިޔާ ފާހަގަކުރެއްވީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަށް ގެނެސް އޮފީސް ހަރުދަނާކުރުމަށްޓަަކައި އޮފީސް ސެޓަޕް ރާވާ، ބަޖެޓް ކުރެވިގެން ހިގާކަމެއްގެ ގޮތުގައި އެކަން ބަދަލުކޮށް ޝަކުވާ ހުށައެޅޭނެ ނިޒާމުތައް ހަމަޖެއްސުމުގެ ސަބަބުން މިހާރު ދިވެހިރާއްޖެ ވަނީ އެމެރިކާގެ ވޮޗް ލިސްޓުގަިއ ހިމަނާފަިއވާ ދަރަޖަ ދަށް ކުރެވިފައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: