ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް ރާއްޖެ ރީފޯމް ކުރުމަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތް: ޑރ ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން ދިވެހިރާއްޖޭގެ ގަވަރނެންސް ނިޒާމަށް ރިފޯމްތަކެއް ގެނެސްފައިވާކަމަށް ބުނި ނަމަވެސް، އެފަދަ ކަމެއް ކުރެވިފައިނުވާކަމަށް، ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ޚަބަށްފަހު“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ، އެމްޑީޕީ އުފެދިގެން އައި އިރު އެ ޕާޓީއަކީ، ރިފޯމިސްޓު ޕާޓީއެއްކަމަށް ފާހަގަކޮށްފައިވާކަމަށެވެ. އެހެންނަމަވެސް ރަނގަޅަށް ބަލާލާނަމަ، އެމްޑީޕީން ދިވެހިރާއްޖޭގެ ސަރުކާރު ހިންގާ ހިންގުމަށް ގެނެސްފައިވާ ރިފޯމެއް ނޯންނާނެކަމަށް ޖަމީލު ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރިފޯމިސްޓު ޕާޓިއެއްކަމަށް ބުނެ ވުޖޫދަށް އައި ނަމަވެސް، އެފަދަ މަސައްކަތެއް އެ ޕާޓީގެ ފަރާތުން ކޮށްފައިނުވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް އެ ޕާޓީގެ ސަރުކާރަކުން ދީފައިނުވާކަމަށެވެ. އަދި ”އިންޑިއާ އައުޓް“ ހަރަކާތް ހުއްޓުވުމަށްޓަކައި ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ އެނާ ވިދާޅުވީ، ބެނާރ ތަކެއް ބަހައްޓަން ފުރުސަތެއް ނުދިނުމުގެ އިތުރުން މިހާރު ރައީސް ސޯލިހުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނަގާލުމަށްޓަކައި، ގާނޫނުލްއުގޫބާތަށްވެސް އިސްލާހުތަކެއް ގެނައުމަށް ކަމަށްވެސް ޖަމީލު ފާހަގަކުރެއްވިއެވެ.

އެމްޑީޕީއިން ދިވެހި ރާއްޖޭގެ ގަވަރނެންސް ނިޒާމަށް ގެނެސްފައިވާ އެއްވެސް ރިޕޯމެއް ނޯންނާނެކަމަށް ފާހަގަކުރައްވާ، ރައީސް ސޯލިހުގެ ސަރުކާރުން ގާނޫނުލް އުގޫބާތައް ގެނައުމަށް މަސައްކަތައް ކުރަމުންދާ އިސްލާހުތަކަށް އިޝާރާތްކުރައްވާ ޖަމީލު ވިދާޅުވީ، ގަވަރނެންސް ނިޒާމުގައި އެމްޑީޕީއަކީ ފެއިލްވެފައިވާ ޕާޓީއެއްކަމަށް އެނާ ޗެލެންޖުކޮށް ދަންނަވާކަމަށެވެ. އެމްޑީޕީއަށް އެއްވެސް ޒާތަކަށް ސަރުކާރު ރިފޯރމް ކުރުވިފައިނުވާކަމަށް ފާހަގަކުރައްވާ މިސާލެއްގެ ގޮތަށް ޖަމީލު ނެންގެވީ، އެ ޕާޓީން ބޭނުންކުރި އިންސާފުގެ ދަތުރު ޝިޔާރެވެ. އެނާ ވިދާޅުވީ، އޮޑިފަހަރު، ނަގައިން އިންސާފުގެ ދަތުރު ނަމުގައި ހަރަކާތެއް ހިންގި ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށް ފަހު، ޖުޑިޝަލް ސާވިސް ކޮމިޝަން އައްވެސް އިސްލާހެއް ގެނެސްފައިނުވާކަމަށެވެ. އެހެންނަމަވެސް، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ދިވެހި ރާއްޖޭގެ ވެރިކަން ކުރާ ނިޒާމުގެ ހުރި މައިގަނޑު އެއް މައްސަލައަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަންކަމަށް ވިދާޅުވިކަމަށް ޖަމީލު ފާހަގަކުރެއްވިއެވެ.

ޖުޑިޝަރީ ސާވިސްވެސް އިސްލާހުކުރެވިފައިނުވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ، ޖުޑިޝަރީގެ މިނިވަންކަމުގެ އަސާސް ބިނާވެގެންވަނީ، އެތަނަށް މީހުން އައްޔަނު ކުރުމާއި، ވަކި ކުރުމުގެ މަރުހަލާއަކީ، މިނިވަން މުސްތަގިއްލު މަރުހަލާއަކަށް ވެގެންކަމަށެވެ. އެހެން ނަމަވެސް މިވަގުތު އެތަން އޮތީ ސިޔާސީ ބާރެއްގެ އަތްދަށުގައި ކަމަށް ފާހަގަކުރައްވާ އެނާ އިޝާރާތްކުރެއްވީ އެމްޑީޕީގެ އިސް ސަފުގައި ހުންނަވާ މެމްބަރެއް ކަމަށްވާ، ޖޭއެސްސީގެ ރައީސް ހިސާން ހުސައިންއަށެވެ. ޖަމީލް ވިދާޅުވީ އެތަނަށް މީހުން އައްޔަނުކޮށް ފަތްކޮށްޅު ދޭން ހުންނަވަނީ ހިސާން ކަމަށެވެ. އެހެންކަމުން އެކަންވެސް ކުރެވިފައިނުވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

އެމްޑީޕީން ރިފޯމް މޫވްމެންޓްގެ ވާހަކަތަކެއް ދެއްކިނަމަވެސް، އެ މަސައްކަތްކުރެވިފައިނުވާ ކަމަށާއި، އިންސާފުގެ ދަތުރުގެ ވާހަކަދައްކާއިރު، ޖޭއެސްސީވެސް އިސްލާހު ކުރެވިފައިނުވާކަމަށް ޖަމީލު ވިދާޅުވިއިރު، ދާދި ފަހުން ކުރިއަށް ގެންދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން ބައިވެރިވެލެއްވި މަންޒަރު ފެނުމުން އެކަމަށް އަންމުންގެ އިތުރުން އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ، މެމްބަރުންގެ ފާޑުކިޔުންތައްވެސް ވަނީ އަމާޒުވެފައިއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން، އެ މަގާމުގައި ހުންނަވާ ބޭފުޅަކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން، ވަކި ފަރާތެއްގެ ކެމްޕެއިންގައި އުޅުއްވުމުން، ޖޭއެސްސީ ފަދަ މުއައްސަސާއެއް މިނިވަންކަމާއި މެދު ޝައްކުތަކެއް ކުރެވިގެންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: