ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާހިޝް އަމަލުތައް ހިންގާ މީހުންނަށް ހައްގު އަދަބު ދިނުމަށް އަދާލަތުން ގޮވާލައިފި

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ: ފޮޓޯ ހޯމް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތައް ހިންގާ މީހުންނަށް އިސްލާމީ ޝަރީއަތުގައި އޮންނަ ހައްގު އަދަބު ދިނުމަށް އަދާލަތު ޕާޓީ އިން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީގެ ފަރާތުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ފާހިޝް އަމަލުތައް ހިންގާ މީހުންނާއި އެކަމުގައި ޝާމިލްވާ ފަރާތްތަކާއި މީސްތަކުންގެ މެދުގައި އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެމީހުންގެ އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ، އެމީހުންގެ މައްޗަށް ޝަރީއަތް ހިންގައި ދައުވާ ސާބިތުވާ ފަރާތްތަކާއި މެދު އިސްލާމީ ޝަރީއަތުގައި ހައްގު އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާކަމަށެވެ.

އިންސާނީ ވަގުފާރީގެ އަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ވެސް އިސްލާމްދީނުގައި އައިސްފައިވާ ހައްގު ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް އަދާލަތުގެ ބަޔާނުގައިވެއެވެ. އަދާލަތުން ބުނީ މާތް ރަސްކަލާނގެ އަށް ބިރުވެތިވެ، އެފަދަ ފާހިޝް އަމަލުތަކުން ދުރުހެލިވުމަށް ނަސޭހަތް ތެރިވާ ކަމަށެވެ.

ޝޯސަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތަކުގެ ޒަރީޔާއިން ދައުރު ކުރަމުންދާ ހައްދު ފަހަނައަޅައިފައިވާ ފާހިޝް އަމަލުތައް ދައްކުވައިދޭ ވީޑިއޯ ކްލިޕްތަކާއި ފޮޓޯ ތަކަކީ ސައްތައިން ސައްތަ އިސްލާމީ ދިވެހި ގައުމުގެ އިސްލާމްވަންތަކަން ކިލަނބު ކުރުވާނޭ ތަކެތި ކަމުގައި ނޫނީ ނުވާނެ ކަމަށް އަދާލާތު ޕާޓީގެ ބަޔާނުގައިވެއެވެ. އެފަދަ ވީޑިއޯ އަދި ފޮޓީތައް ފެތުރުމަކީ އިޖުތިމާއީ ފޭރާން ވީދި މީސްތަކުންގެ މެދުގައި މުންކަރާތްތައް އާއްމުވުމަށް މަގުފަހިވާނެ ކަމެއްކަން ކަށަވަރު ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ބުނެފައިވެއެވެ.

“ މިޒަމާނަކީ މަދަނީ އަދި އިންސާނީ ހައްގުގެ ނަމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ޖިންސު ބަދަލުކުރުމާއި އަދި މިނޫންވެސް އިންސާނާގެ ސަލާމަތް ބުއްދި ގަބޫލު ނުކުރާ ޣައިރު މަންތިޤީ ހުތުރު ވިސްނުންތައް މުޅި ދުނިޔޭގައި ފަތުރަން އިންތިހާއަށް މަސައްކަތް ކުރާ ޒަމާނެކެވެ“ އަދާލަތު ޕާޓީ

ގައުމީ އުއްމަތުގެ މުސްތަގުބަލަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުންނާއި އިލްމުވެރިންނާއި މުއައްސަސާތައްް އަތުގުޅާލާ އަންނަން އޮތް ޖީލުތަކުގެ ދިފާއުގައި ބަދަހި ސަފުތަކެއް ރުކުރުވާލަން ޖެހިފައިވާ ކަމަށް އަދާލަތުން ބުނެފައިވެއެވެ. ލާދިނީ، އިންސާނީ ފިކުރުތަކުން ސަލާމަތްވުމަށް ބޭނުންވާ ތައުލީމާއި ދީނީ އިލްމު ސުކޫލުތަކުގައި ފޯރުކޮށްދެވެން ޖެހޭ ކަމަށް އަދާލަތުން ނެރުނު ބަޔާނުގައިބުނެފައިވެއެވެ.

އަދާލަތުން އެފަދައިން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަަމަށް ތުހުމަތު ކުރެވޭ މީހަކު ބިދޭސީ އަކާއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއަކާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކު، އިތުރު ފިރިހެނަކާއި އަންހެނަކާއި އެކު ބަރަހަނާ ހާލުގައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ޝޯސަލް މީޑިއާގައި އާއްމުވުމާއި ގުޅިގެން އާއްމުންގެ ތެރެއިން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: