ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިހް ފަޟްލޫންގެ ބަންދަށް އިތުރު 16 ދުވަސް!

ފުލުހުން ޝެއިހް ފަޟްލޫން ހައްޔަރު ކުރަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާޑޭގެ ހަމަނުޖެހުމާއި ގުޅުގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމު ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫމް މުހައްމަދުގެ ބަންދުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ޔޯގާ ހަރަކާތުގެ ހަމަނުޖެހުން ތަކާއި ގުޅިގެން ޝައިހް ފަޒްލޫން ހައްޔަރުކުރީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ރެއެވެ.

ޝައިހް ފަޒްލޫން ފުރަތަމަ ބަންދު ކުރީ ހަތް ދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން އިތުރު ފަސް ދުވަސް ބަންދަށް އިތުރު ކުރެވުނެވެ. އަދި އެ މުއްދަތު މިއަދަށް ހަމަވެ ބަންދު އިތުރު ކުުރުމަށް ކޯޓަށް ހާޒިރު ކުރުމުން އިިތުރު 16 ދުވަސް ފުލުހުންގެ ބެލުމުގެ ދަށުން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ. ބަންދު ޖެހުމަށް ކޯޓްގައި ފުލުހުން އެދިފައިވަނީ ޝަރީއަތް ނިމެންދެން ޝައިހް ފަޒްލޫން ބަންދު ކުރުމުގެ އަމުރަކަށެވެ.

ޝައިހް ފަޒްލޫންގެ އިތުރުން ޝައިހް ނިޝާންގެ ބަންދުގެ މުއްދަތު މިހާރު ވަނީ ތިންވަނަ ފަހަރަށް އިތުރުކޮށްފައެވެ. ނިޝާންވެސް ފުރަތަމަ ފަހަރަށް ބަންދުކޮށްފައިވަނީ ހަތް ދުވަހަށެވެ. އޭގެ ފަހުން ތިން ދުވަަހަށް ބަންދު އިތުރުކުރުމަށް ފަހު ފަހުން ވަނީ 13 ދުވަހުގެ މުއްދަތެކެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގެ އެންމެ އިސް ބޭފުޅަކީ ޝައިހް ނިޝާނެވެ. އެ ތުހުމަތު އެގޮތަށް  ކުރެވުނު ކަމަވެސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް އަދި މިހާތަނަށް ފުލުހުންނަށް ދެއްކިފައެއް ނުވެއެވެ.

ދެ އިލްމުވެރިން ހިމެނޭ ޔޯގާޑޭގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރެއިން އެކަކު ދޫކޮށްލާފައިވާއިރު މިވަގުތު ބަންދުގައި ތިބީ 20 މީހުްނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: