ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖެޓްފިއުލް ކޮންޓްރޯލް ކުރިޔަސް ފްލައިޓުތަކަށް ބޭނުންވާ މިންވަރަށް ލިބޭނެ: އެމްއޭސީއެލް

އެމްއޭސީއެލްގެ ޑީއެމްޑީ އިބްރާހިމް ތޯހާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކަށް، ދޫކުރަމުންދާ ތެލުގެ މިންވަރު ކޮންޓްރޯލް ކުރި ނަމަވެސް ފިއުލް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިނުވާކަމަށް އެމްއޭސީއެލްގެ، ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު، އިބްރާހިމް ތޯހާ ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ ފަރާތުން ޖެޓް ފިއުލް ލިބުމުގެ ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ، ތޯހާ ވިދާޅުވީ، ދުނިޔޭގެ ތެލުގެ މާކެޓަށް ލޮޅުންތަކެއް އައިސްފައިވުމުގެ ސަބަބުން، އެމްއޭސީއެލްއިންވަނީ، ތެޔޮ ދިނުމުގައި ލިމިޓުތަކެއް ކަނޑައަޅާފައިކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތްތާ ލިބެން އޮތް ތެލުގެ ޝިޕްމެންޓް އަންނަދެންވެސް އެ ކުންފުނިން ފްލައިޓުތަކަށް ތެލުގެ ހިދުމަތް ފޯރުކޮށްދެމުންދާނެކަމަށް ތޯހާ ފާހަގަކުރިއެވެ.

ތެޔޮ ދޫކުރަމުންދާ އަދަދުތައް ލިމިޓްކޮށްފައިވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ތޯހާ ވިދާޅުވީ، ލިމިޓު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ އަވައްޓެރި ސްރީލަންކާ ފަދަ ގައުމުތަކަށް ދިމާވެގެން އުޅޭ ދަތިތަކުގެ ސަބަބުން އެ ގައުމުތަކުން އަންނަ ފްލައިޓުތަކަށްވެސް ތެޔޮ އަޅަމުން ދިއުމުގެ ސަބަބުން، އެސްޓިމޭޓްކޮށްފައިވާ ވަރަށްވުރެ އިތުރަށް، ބޭނުން ކުރަން ޖެހުންކަމަށެވެ. އެހެންނަމަވެސް އެކަންވެސް ކުރެވޭނެކަމަށް އެނާ ވިދާޅުވިއެވެ.

މީގެ އިތުރުން ތޯހާ ވިދާޅުވީ، ފިއުލް ސަޕްލައި މެނޭޖު ކުރުމުގެ ގޮތުން، ރާއްޖެއިން ފުރާ ފްލައިޓުތަކަށް އަޅައިދޭނީ، އެ ދަތުރަށް ބޭނުންވާ އަދަދުގެ ތެޔޮ ކަމަށެވެ. އަދި އަނބުރާ އައުމަށް ތެޔޮ އަޅަން ކަނޑައެޅިފައިވަނީ، އެ އެއަރޕޯޓަކުންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: