ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރުކަމަށް ދީބާނާޒް ފަހުމީ އާއި މުޙައްމަދު ސަލީމް ޢައްޔަންކުރުމަށް ނިންމައިފި!

ދިވެހިރާއްޖޭގެ ހައިކޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކ.މާލެ މ.ގުލްޝަން، އަލްއުސްތާޛާ ދީބާނާޒް ފަހުމީ އާއި ފ.ބިލެތްދޫ، މޯނިންގްވިލާ، އަލްއުސްތާޛު މުޙައްމަދު ސަލީމް ޢައްޔަންކުރުމަށް ނިންމާފައިވާކަމަށް ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސީން) އިން އިއުލާންކޮށްފިއެވެ.

މި ދެ ބޭފުޅުން މި މަގާމަށް އައްޔަން ކުރުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކުރިމަތިލާފައިވާ ފަރާތްތަކާ “ފަނޑިޔާރުން ޢައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ”އިން އިންޓަރވިއުކުރުމަށްފަހުކަމަށް ޖޭއެސީން މައުލޫމާތުދެއެވެ.

މަގާމަށް އައްޔަން ކުރުމަށް ނިންމާފައިވާ އަލްއުސްތާޛާ ދީބާނާޒް ފަހުމީއަކީ ޤާނޫނީ ރޮނގުން ބެޗްލަރ އޮފް ލޯ (އޮނަރސް) މެލޭޝިއާ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ހާސިލް ކުރެއްވުމަށްފަހު، މާސްޓަރ އޮފް ލޯ ނިއުޒިލެންޑްގެ ޔުނިވަރސިޓީ އޮފް ކެންޓަރބަރީއިން ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެބޭފުޅާއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އަދި ކްރިމިނަލް ކޯޓުގެ ޤާޟީކަމުގެ މަޤާމް 2020 ސެޕްޓެންބަރު 02 އިން ފެށިގެން އަދާކުރައްވަމުންދާ ބޭފުޅެކެވެ.

އަލްއުސްތާޛު މުޙައްމަދު ސަލީމް ވަނީ ކުއްލިޔަތުއް ދިރާސަތިލް އިސްލާމިއްޔާއިން ބެޗްލާރސް ޑިގްރީ ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛު މުޙައްމަދު ސަލީމް އަކީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައި 12 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

އަލަށް އައްޔަނުކުރުމަށް ނިންމާފައިވާ މި ދެފަނޑިޔާރުން ހުވާ ކުރުމަށް ހަމަޖެހިފައި ވަނީ 2022 އޮގަސްޓް 9 ދުވަހުއެވެ.

ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށް އިއުލާނު ކޮށްފައިވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި އަބްދުﷲ ހަމީދު, ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ސުންގަނޑި ހަމަވިއިރު އެ ދެ މަގާމަށް އެދި އަށް ބޭފުޅަކު ކުރިމަތިލައްވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މަގާމަށް އެދި ކުރިމަތިލައްވާފައިވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތުގެ އިތުރުންސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދާއި, ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ކުރީގެ މެންބަރު ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރާއި, ޕީޖީ އޮފީހުގެ ކުރީގެ ވަކީލް ޝުކުރުالله ޝަކީލް އާއި ސިވިލް ކޯޓުގެ ގާޒީ ޙާފިޒާ ޢަބްދުއްސައްތާރުގެ އިތުރުން ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު މޫސާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: