ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން އަށް ޖަލު ހުކުމެއް އިއްވައިފިނަމަ އުފާކުރާނީ ޕީޕީއެމްގެ އިސްވެރިން: ޖޭޕީ

ޖޭޕީގެ ލީޑާ ގާސިމް އިބްރާހީމް އަދި އިދިކޮޅުގެ ލީޑާ ކުރީގެ ރައީށް އަބްދުލްﷲ ޔާޟީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ޖަލަށްލައިފިނަމަ އެކަމާ އެންމެ ބޮޑަށް އުފާކުރައްވަނީ ޕީޕީއެމްގެ އިސް މެމްބަރުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތާއީދުނުކުރާނެ ކަމަށާއި، އިދިކޮޅު ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް ޔާމީން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ، ޔާމީން ޖަލަށް ލައިފި ނަމަ ޕީޕީއެމުން ގާސިމަށް ތާއީދު ކުރާނެ ކަމަށް ބުނެ އެ ޕާޓީން ހަބަރު ފަތުރަމުންދާ ކަމަށެވެ. އަދި އެއީ ގާސިމް ފަހަތުގައި ހުންނަވައިގެން ޕީޕީއެމްގެ ސަޕޯޓަރުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް ކުރާ ކަމެއް ކަމަށާއި ގާސިމް އާއިއެކުގައި ތިބި ފަރާތްތަކުން ލަފާ ދެއްވާ ގޮތަކީވެސް އެއީކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ވާހަކަތައް ރައްދު ދިނުމުގެ ގޮތުން ޖޭޕީން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާއްވާފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވީ، ޔާމީން ޖަލަށް ލައިފިނަމަ އެންމެ ބޮޑަށް އުފާވާނީ ޕީޕީއެމްގެ އިސް މެމްބަރުން ކަމަށެވެ.

“ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމެއް އައުމަކީ އެންމެ ބޮޑަށް ޕީޕީއެމްގެ އިސްވެރިން، އުފާކުރައްވާނެ ކަމެއް. ރިޔާސީ ރޭހުގައި ވާދަކުރެއްވުމަށްޓަކައި ނުވަތަ އޭގެ އުންމީދުގައި ގާތްގަނޑަކަށް ހަތެއް ނުވަތަ އަށް ބޭފުޅުން އެބަތިއްބެވި،”

އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، ޕީޕީއެމްގެ ބައެއް ބޭފުޅުން މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ޔާމީން ޖަލަށްލުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ކަމަށެވެ. އަދި އެއީ ކޮން ބަޔަކު ކުރައްވާ މަސައްކަތެއް ކަމާއި އެއީ ކޮން މަސައްކަތެއްކަން ޔާމީނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: