ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީގެ ނިންމުން: ކުނިބުނިތައް ބޭރުކޮށްލީބާ!

ޖުމްހޫރީ ޕާޓީގެ ކެމްޕެއިންހެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކަމެއް ދިމާވީމަ ހަގީގަތުވެސް އަސަރުކުރާނެއެވެ. ދެރަވާނެއެވެ. ބައެެއްމީހުން ކަމެއްދިމާވިމަ އެކަނި އޮވެ ކަރުނައަޅައެވެ. ނަމަވެސް އަނެއްބައިމިހުން ވަރަށް ތަފާތެވެ. ވިސްނުންތެރިކަމާއި ހިކުމަތްތެރި ކަމާއި އެކު ގޮތް ނިންމައެވެ. 2023 ގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް، 2023 ވަނަ އަހަރު ފެށުނުތަނާހެން ޕާޓީތަކުން މަސައްކަތް ކުރަން ފަށިއެވެ. އެގޮތުން ރާއްޖޭގައި އޮތް އެންމެމެބޮޑު ތިންޕާޓީން ވެސް މި މަސައްކަތަށް ނުކުތެވެ. ކޮންމެ ބަޔަކުވެސް ނުކުތީ އުއްމީދުތަކަކާއި، ހުވަފެންތަކެއް ދެކިގެންނެވެ. އޭގެ ތެރޭގައި އެންމެބޮޑު ހުވަފެންތަކެއް ދެކެމުން އައި ޕާޓީ އަކީ ޖުމްހޫރީ ޕާޓި ޖޭޕީކަން ޔަގީނެވެ. މިއީ މިކަން ހިނގާނެ ގޮތްވެސްމެއެވެ. ކޮންމެ އިންތިހާބެއްގައި ވާދަކޮށް އެންމެ ގަދަ ތިންވަނައިގައި އޮންނަ ޕާޓީ ކަމަށްވާތީވެސްމެއެވެ. އެހެންވެ ޖުމްހޫރީ ޕާޓީ ނުކުތީ “ކިންގް މޭކަރ ކިންގަކަށް” ހެދުމުގެ ފޮނު އުންމީދުގައެވެ.

ގިނަ ސިޔާސީޕާޓީތައް އެކުލެވޭ ނިޒާމަށް ވޯޓްލާ ވެރިން ހޮވަންފެށިފަހުން ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވެރިކަމަށް ކުރިމަތިލާންފެށިއެވެ. އެކަމަށް އެބޭފުޅާގެ އުއްމީދުތައް ވަރަށްވެސް ބޮޑެވެ. ނަމަވެސް ތިން ދައުރު ފަހަނައަަޅާ ދިޔައިރު ވެސް އެބޭފުޅާއަށް ރައްޔިތުންގެ ތާއިދު ނުލިބުމުގެ ސަބަބުން ވެރިކަމަށް އާދެވޭ ގޮތެއްނުވެއެވެ.  އުއްމިދުގެ އެންމެފަހު ވަގުތު ކޮޅުކަމަށްދެކިގެން މިފަހަރުގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވިއިރު، އުމުރުފުޅުން 80 އަހަރުވަނީ ވެފައެވެ. އެހެންކަމުން ވެރިކަމަށް އަންނަން ހަގީގަތުވެސް އުމުރު ދޮށީވެއްޖެ ކަމަށް އޭނާއެކޭ އެއްގޮތަށް އެންމެންވެސް ގަބޫލުކުރެއެވެ. އަދި މިދައުރު ނުލިބުމުން ދެންއަންނަ ފަސްއަހަރުގައި މާބޮޑަށްވެސް ދޮށީވާނެއެވެ. އެހެންކަމުން ގާސިމަށް މަޖުބޫރުވީ އަތުގައި ހުރި ފައިސާއަކާއި އެކު ނުކުމެ އޭނާ ވެރިކަމަށް ދެކެމުންއަންނަ ހުވަފެން ހަގީގަތަކަށް ހެދުމަށެވެ.

ނައިފަރުން ގާސިމްއަށް ކީ ހޫނު މަރުހަބާގެ ތެރެއިން.

ބާބު 2، މި ފެށުނީ އަސްލު ގާސިމް އިބްރާހިމް 2023 ގެ ރިޔާސީ ކެމްޕެއިނާއި ގުޅިގެން ކުރިއަށް ދިޔަގޮތެވެ. އަދި ޕާޓީގެ ވަފާތެރިން ކެމްޕެއިނުގެ ނަމުގައި ގާސިމްއަށް ވޯޓް ހޯއްދެވިގޮތާއި ކަންތައްވެގެން ދިޔަ ގޮތެވެ. ކެމްޕެއިނަށް ނުކުމެ ވަޑައިގެންނެވިއެވެ. އަމިލަފުޅު ގެ، ކަމަށްވާ މާފަންނު ކުނޫޒުގައި ކެމްޕޭން ލަވަތައް އަޑު ހަރުކޮށް ޖަހަންފެށިއެވެ. “ހާސްކަޑާލާ ހަމަޖެހޭނ”ެ ނަމުގައި ސިޔާސީ ހަރަކާތްތައް ވަރުގަދަ ކުރިއެވެ. ސިޔާސީ ލީޑަރުންނާއި ބައްދަލުކޮށް ސިޔާސީ ހަރަކާތް ދެގުނަކުރިއެވެ. ކުރިއާ ތަފާތުކޮށް މީހުންވެސް މާބުރު ފޮނިކާއެއްޗެއްގެ ފަހަތުން ދުވާހެން ގާސިމްފަހަތުން ދުވަންފެށިއެވެ.

އެހެންކަމުން އެ ފޯރީގައި ކޮންމެ ދާއިރާއަކުން ކައުންސިލް މެމްބަރަކު ޕާޓީގައި އައްޔަން ކުރިއެވެ. އުއްމީދުތައް ވަރުގަދަވިއެވެ. ވާނީވެސް އެހެންތާއެވެ. ވެރިކަމަށް ކުރިމަތި ލެއްވުމާއިއެކު މީހުންތައްހީވީ އޭނާގެ ބޯމައްޗަށް ވެއްޓިގަތްހެންނެވެ. ޕްރައިމަރީއަކާ ނުލައި ގާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު ކަށަވަރުކުރެވުނެވެ. ރިޔާސީ ޓިކެޓް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އެރުވުމަށް ބޭއްވި ޖަލްސާގައި 4،000 މީހުން ބައިވެރިވާނެ ކަމަށް ޖޭޕީން ބުންޏެވެ. އަދި އެ ހަރަކާތްވެސް ނިމި އިންތިހާބަށް ތާއިދު ހޯދުމަށް މަސައްކަތަށް ނުކުތެވެ.

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް: ފޮޓޯ/ ޖޭޕީ

އޭރު ގާސިމަށް އޮތީ ރިޔާސީ އިންތިޚާބުގައި ރައީސް ސޯލިހާއިއެކު މަސައްކަތް ކުރެއްވުމުގެ ދައުވަތު ދެއްވާފައެވެ. ނަމަވެސް ރައީސް ސޯލިހާއިއެކު ރިޔާސީ އިންތިހާބުގައި މަސައްކަތް ނުކުރައްވާނެކަން ރަސްމީކޮށް ޖުމްހޫރީޕާޓީން އަންގާފައެވެ. އަދި ރައީސް ސޯލިހާއި މިސަރުކާރުން ވަނީ، ވީ ވައުދާއި ހިލާފްވެފައިކަމަށް ގާސިމް ދިޔައީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ގާސިމްގެ ވިސްނުމަކަށްވީ ކޮންމެފަހަރަކު އޭނާގެ ފޮނިކޮޅުބޯލާއިގެން ޕާޓީތަކުން ވެރިކަމަށް ކުރިމަތިލާ ރައީސުލްުޖުމްހޫރިއްޔާގެ މަގާމަށްހޮވުނަސް ދެނަކުން އެހެންވިޔަނުދޭނެކަމަށެވެ. އެހެންކަމުން އެންމެ ބުއްދިވެރިގޮތަކީ ގިނިކަންޏާނުކުމެ އިންތިހާބު ކާމިޔާބު ކުރުމަކީ އެންމެ މޮޅު ގޮތް ކަމަށެވެ.

ބާބު 3، ކެމްޕެއިނަށް ރަށްރަށަށް ވަޑައިގެން މަސައްކަތް ފެއްޓެވިއެވެ. ރާއްޖޭގެ ގިނަރަށްރަށަށް ވަޑައިގެން ކެމްޕޭން ކުރައްވަމުންދިޔައިރު، ގިނަވައުދުތައްވެސް ވިއެވެެ. ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންތައްތައްކަމަށް ގަބޫލުކޮށް، ވި ވައުދުތަކުގެ ތެރޭގައި މުހިންމު ކަންތައްކެއް އެކުލަވާލިއެވެ. އެގޮތުން ފާހަގަކޮށްލެވެނީ ތ. އަތޮޅާއި ލ. އަތޮޅު ހިމެނޭ މަތި ދެނކުނު ސަރަހައްދުގެ ތަރައްގީއަށް އޯޝަން ޓޫރިޒަމް ކުރިއަރުވާ، އެއް ފްލޯޓިން ރިސޯޓާއި ބައިނަލްއަގުވާމީ ވޯޓާ ސްޕޯޓްސް ރިސޯޓަކާއި ،ލ. އަތޮޅުގައި ބައިނަލްއަގުވާމީ ގޮލްފް ރިސޯޓެއް ގާއިމުކޮށްދޭންވި ވައުދެވެ. ރަށު ކައުންސިލާއި ރައްޔިތުން ހިއްސާވާ، ކޮމިއުނިޓީ ގެސްޓް ހައުސް ސްކީމެއް ތައާރަފްކޮށް، %40 އާ ހަމަޔަށް މާލީ އެހީ ފޯރުކޮށްދިނުމާއި ގެސްޓް ހައުސް ވިޔަފާރި ދުނިޔޭގައި އިސްތިހާރު ކުރުމަށް ހާއްސަ ‘ލޯކަލް ޓުއަރިޒަމް މާކެޓިން ޑިޕާޓުމަންޓެއް’ އުފެއްދުމުގެ ވައުދެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މީހުންނާއި އެ މީހުންގެ އެހީތެރިންނަށްވެސް ދައުލަތުން ހުރިހާ ހަރަދެއް ހަމަޖައްސައިދެއްވާނެ ކަމަށްވެސް ގާސިމް ވައުދުވިއެވެ.

ގާސިމްގެ އެންމެ ސަޕްރައިޒިން ވައުދު އަދި އެންމެ ހާއްސަ ނިންމުމަކަށްވީ ވިލާ ގްރޫޕްގެ ޗެއާމަންގެ ހައިސިއްޔަތުން ހުރިހާ ސްޓޫޑަންޓް ލޯނެއް ދަރިވަރުންނަށް މައާފްކޮށްދެއްވި ނިންމުމެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް

މިހާ ހިސާބުން އަދި ނިމުނީކީ ނޫނެވެ. ވަކިވަކިން ދިޔައީ ރައްޔިތުންނަށް އެހީތެރިވަމުންނެވެ. އަދި ކެމްޕޭނުގައި ފަހަތު އުޅުއްވާ މެމްބަރުންނަށްވެސް ފައިސާ ދިނެއެވެ. ގާސިމް އަށް ކެމްޕެއިން ކުރެއްވި މިހަކާއި އަޅުގަނޑާއި، ކޮފީ މޭޒަކުން ދިމާވިއެވެ. އަދި ކެމްޕެއިން ކުރެވުނުގޮތާއި ގޫޅޭގޮތުން ވާހަކަތައް ދައްކަންފެށީމެވެ. އެމީހާ ބުންޏެވެ.

“އަހަރެން މިފަހަރު ނުވިސްނަން ކޮންމެހެން މާ ގިނަ ވޯޓް ހޯދާކަަށް. އަންނަވެސް މިހުން އައި، ބުނި ފައިސާ ދީފިއްޔާ އަޅާނަމޭ ވޯޓް. އެކަމަކު އެގޭ ނުހޮވޭނެކަން އެހެންވީމަ ކީއްކުރަން ފައިސާ ބަހަންވީ އެހެންވެ ނުބެހީ. އެކަމަކު އަހަރެންގޭގެ އޮތް ހައެއްކަ ގަނޑު ވޯޓް ދިނިން. ކޮންމެވެސް އެއްޗެއް ދޭންވާނެތާ. އެނިމުނީނުން މިހާރު އެކަން.” ގާސިމް އަށް ކެމްޕެއިން ކުރި މީހެއް ވާހަކަ…..

މި ދެކެވުނީ ފުރަތަމަ ބުރުން ބަލިވި ކެންޑިޑޭޓެއްގެ ވާހަކައެވެ. ވި ވައުދުތަކާއި، ބެހި ފައިސާގެ ވާހަކަތަކެވެ. މީހުން އެމީހާއި ދޭތެރޭ ކަންތައްކުރި ގޮތުގެ ވާހަކައެވެ. ހަގީގަތަަށް އެވާހަކަތައް ކިޔައިދިން މީހެއްގެ ވާހަކައެވެ. ގިނަމީހުން ފައިސާކޮޅު ބައްކުރީއެވެ. ރެސްޓޯރެންޓްތަކާއި، ފިހާރަތައްް އަޅައިފިއެވެ. ކަންނެލި އޮޑިފަހަރާއި، މަސްދޯނިތަަަކުން މަންފާ ހޯދާއިގަތެވެ. ނަމަވެސް އެއިން ރަށަކުން އެމީހާ އަށް ލިބުނީ އެންމެ ހައެއްކަ ގަނޑު ވޯޓެވެ.

ގާސިމް ހދ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންގައި.

ބާބު 4، ދެން ފެނުނީ ވައުދުތަކާއި، ފައިސާ ބަހަމުން ވަގުތުތައް ދެކެމުންދަނިކޮށް މަސައްކަތުގެ ވަގުތު އަރާ ހަމަކުރިތަނެވެ. ސެޕްޓެމްބަރު ނުވަވަނަ ދުވަހު ވޯޓްލާންފެށިއެވެ. ނަމަވެސް ބެހި ފައިސާ އާއި ވީ ވައުދުތައް ދިޔައީ ފަންފުލުންނެވެ. ވީ ކިހިނެތް ހެއްޔެވެ؟ މިއި ހަގީގަތުގަވެސް ބޮޑު ސުވާލު މާކެެވެ.

މި ސުވާލަށް އެކި ގޮތްގޮތުން އެކި މީހުން ޖަވާބުދީފިއެވެ. ސޯޝަލްމީޑިޔާގެ އެކި މަންސަތަކުގައެވެ. އާއެކެވެ. އިންތިހާބުގެ ނަތީޖާއިން ގާސިމްގެ ހިތް ރޮއްވާލަަަަަަަަަަަަަައިފިއެވެ. ރާއްްޖޭގެ ކިންގް މޭކާރ ވައްޓާލިއެވެ. އެންމެފުލަށް ވައްޓާލިއެވެ. ކެންޑިޑޭޓް ނަމްބަރު ފަހެއް ލިބުނު އެމީހާ ވައްޓާލީ ފަސްވަނަ އަށެވެ. ދެންއޮތީ ލިބުނު ވޯޓާއި އެކު ގޮތް ނިންމުމެވެ. ތިން ދުވަސް ފަހުން ނޫސްވެރިންނާއި ބައްދަލުކޮށް ގާސިމް އޭނާގެ ގޮތް ނިންމިއެވެ.

“މިފަހަރު އެއްވެސް ޕާޓީ އަކަށް ނާރާގޮތަށް ނިނިމި. ނަމަވެސް ޕާޓީގެ މެމްބަރުން ބޭނުންފަރާތަކަށް ތާއިދު ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއްނޫން. އެހެންނަމަވެސް މި ޕާޓީގެ ދިދަޔާއި ލޯގޯ އަދި އެއްވެސް ނިޝާނެއް ބޭނުމެއް ނުކުރެވޭނެ.” ޖޭޕީން ގޮތް ނިންމާ ބުންޏެވެ. 

ބާބު5، ދެން ކަންވެގެންދިޔަ ގޮތް ނިކަން ބައްލަވާލައްވާށެވެ. ޖޭޕީގެ ވަފާތެރި މެމްބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަތައް ޕާޓީތަކަށް ތާއިދުކުރަން ނިންމެވިއެވެ. އަދި ހަމަ އެ ދަނޑިވަޅު ޖޭޕީން ވަކިވެ ޕާޓީ ޕާޓީތަކަށް ސޮއިވެސް ކުރަންފެށިއެވެ. އެގޮތުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި، ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދުވެސް ޖޭޕީ ދޫކުރައްވާ ޕާޓީތަކަށް ސޮއި ކުރެއްވިއެވެ.

ގާސިމްގެ ސްޕެޝަލް އެންވޯއީ, އިލްހާމް އަހުމަދު ރައީސް ސޯލިހާއެކު; އިލްހާމް ވަނީ އިންތިހާބުގައި ރައީސަށް ތާއިދުކުރައްވާފައި
ޕީއެންސީގެ ނައިބުރައީސް ސައީދު  : ފޮޓޯ/ ޕީޕީއެމް

ޖުމްހޫރީޕާޓީގެ މީޑިޔާ އިސް ތަރުޖަމާން އަލީ ސޯލިހު “ސަންގުޓީވީ” އަށް ވިދާޅުވީ ޕާޓީގެ ލޯޔަލް ބޭފުޅަކުވެއްޖެޔާ އަދިވެސް ތިބީ ޕާޓީގައި ކަމަށާއި، ނަމަވެސް އިންޓްރެސްޓްހުރި ދިމާލަކަށް ދިއުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއްނޫންކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު ރިޔާޒް ރަޝީދާއި އެ ޕާޓީގެ ކައުންސިލް މެމްބަރުން ކަމަށްވާ މުހައްމަދު ސައީދާއި، މުހައްމަދު ފަޔާޒު ވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމާފައެވެ. ޖުމްހޫރީ ޕާޓީގެ ޑެޕިޔުޓީ ލީޑަރު އަހުމަދު ސައުދުއާއި، ގާސިމްގެ ރަނިން މޭޓް ޑރ އަމީން އިބްރާހީމްގެ އިތުރުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންވެސް ރައީސް ސޯލިހަށް ތާއިދު ކުރައްވަން ނިންމެވިއެވެ.  އޭގެތެރޭގައި ޕީޕީއެމްގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމާއި ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދާއި މި ސަރުކާރުގެ ސްޓެލްކޯގެ އެމްޑީ ކަމާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އަދާކުރެއްވި ހަސަން މުއުނީ ހިމެނެ އެވެ.

ކަން އޮތީ ވަރަށް ސާފް ކޮށެވެ. ލިބިލެއްވި ނަތީޖާއިން ގާސިމް ހިތްޕުޅަށް ހަގީގަތުގައިވެސް އުނދަގޫވާނެެވެ. ތިންވަނަޔަށް އެންމެބޮޑު ޕާޓީ އެންމެފުލަށް ވެއްޓުންއެއީ ގަބޫލުކުރަންބޭނުންވާ ނަތީޖާއެއްކަމަށް ނުވާނެ ކަންޔަގީނެވެ. ކުއްލިއަކަށް ޖޭޕީ ދޫކޮށް ދިޔަ ފަރާތްތައް ޖޭޕީ އަށް ކެމްޕެއިން ކުރެއްވިއިރު، އެފަރާތްތައް ޕާޓީގައި ތިބީ ހަމަ ލޯޔަލް ކަމުންތޯ! ސުވާލު ނުއުފެދޭތޯ! ދެންވާނީ ކިހނެތް؟

އަސްލުގަވެސް ޖޭޕީ އެއްވެސް ކޮޅަކަށް އަރަންނުނިންމީ އެއީ ޕާޓީ ތެރޭގައި ތިބި ކުނިބުނިތައް ބޭރުކޮށްލުން ކަމަށް ވެދާނެބާ!

ވަރަށް ގަދަ
54%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: