ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އީވާއަށް: ރައްޔިތުންގެ އަޚްލާގަށް ނިކަމެތިކަމެއް އަންނަގޮތަށް އަމަލުނުކޮށް، ގޮނޑިން ފައިބާ!

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތާ ދުރަށްވަޑައިގަތުމަަށް އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ މެމްބަރުން ނިޒާމީ ނުކުތާތައް ނަގާ މަޖިލިސް ހޫނުވެ އަޑުގަދަ ކުރައްވަން ފެއްޓެވުމުން ގާސިމް ވެސް ފުރުސަތަކަށް އެދިވަޑައިގެންނެވިއެވެ. އެގޮތުން ވާހަކަ ދެއްކެވުމަށް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ގާސިމް ވިދާޅުވީ ތިމަންމަނިކުފާނަށް އެނގިވަޑައިގެންފައިވާ ގޮތުގައި މަޖިލީހުގައި ކުރިއަށްދަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ކަމަށެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ ތެރޭގައި ޑިމޮކްރެޓްސް ޕާޓީގެ މެމްބަރުން ހަޅުތާލުކޮށް މުޅި ނިޒާމު ނަގާލާފައިވާ ކަމަށް ވިދާޅުވިއެވެ.

ގާސިމް އިތުރަށް ވިދާޅުވީ މަޖިލީހުގައި މިއަދު ޑިމޮކްރެޓްސްގެ މެންބަރުން އަމަލުތައް ބެހެއްޓީ ރަނގަޅަށް ނޫން ކަމަށާއި، ދިވެހި ރައްޔިތުންގެ އަޚްލާގަށް ބެލުމެއް ނެތި، މަސްލަހަތު ނަގާލާފައިވާ ކަމަށެވެ. އޭގެ ސަބަބުން ނިކަމެތިކަން ލިބިގެންދަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

“މަޖީލިހުގެ ގަވާއިދު ބުނާގޮތުން ނައިބުރައީސަށް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ ނުބެލޭނެ. މަޖިލީހުގައި (ރިޔާސަތު) ނީދެވެވޭނެ. ކަމަނާއަށް މަޖިލީހުގައި އިދެވުމަކީ ކަނޑައެޅިގެން ގާނޫނު ފުށުއަރާ ކަމެއް. ގޮނޑިން ފައިބާވަޑައިގަންނަވާ”

މަޖިލީހުގެ ރިޔާސަތު މިއަދު ބެލަހައްޓެވީ އީވާ އަބްދުﷲ އެވެ. ފުރަތަމަ ޖަލްސާ ފެއްޓެވިއިރު ކޯރަމް ހަމަނުވެގެން ޖަލްސާ މެދުކަނޑުއްވާލެއްވިއެވެ. އޭގެ ފަހުން އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ގިނަ މެންބަރުން ރިޔާސަތު ކުރިމަތީ އަޑުގަދަ ކުރައްވާފާއި ވެއެވެ. އަދި އެމްޑީޕީގެ ގިނަ މެންބަރުން ބޭނުންވީ އީވާ ރިޔާސަތު ދޫކުރައްވައި، ދެން ރިޔާސަތު ބަލަހައްޓަވަން ހުންނެވި މެންބަރަކަށް ފުރުސަތު ދެއްވުމަށެވެ. ނަމަވެސް އީވާ ގޮނޑިން ފައިބާ ވަޑައިގައިނުގަތުމުން އެމްޑީޕީން ބޭނުންވި ގޮތަކަށް އެކަން ނުވިއެވެ.

 

 

 

ވަރަށް ގަދަ
43%ވަރަށް ގަދަ 29%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 29%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: