ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްއަށްވުރެ ހެޔޮ އިންސާނަކު ނުހުންނާނެ: އިލްހާމް

ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށްވުރެ ހެޔޮ އިންސާނަކު ނުހުންނާނެ ކަމަށް ގާސިމްގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

މޭވެޔޮ މަގުގައި ހުންނަ އެމްޑީޕީ ހުވަދޫ ޖަގަހަައިގައި ރޭ ކުރިއަށްގެންދިޔަ ޖަލްސާގައި އިލްހާމް ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ. އޭގެ ކުރިން ވެސް އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ތާއީދު ކުރަނީ ރައީސް ސޯލިހަށްކަން ހާމަކޮށްފައެވެ.

އެ ޖަލްސާގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމަށްވުރެ ހެޔޮ އިންސާނަކު ނުހުންނާނެ ކަމަށެވެ. އިލްހާމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގާސިމަށް ދިން އަނިޔާތަށް ފާހަގަ ކުރައްވައިފައެވެ. އެގޮތުން އެ ސަރުކާރުން ގާސިމްގެ އެކައުންޓުތައް ފްރީޒްކޮށް، ކުންފުނި ބަނގުރޫޓުކޮށްލައި، ބަލި އެނދުގައި އޮއްވާ ހުކުމްކޮށް، ސިޔާދު ގާސިމް ވެސް ޖަލަށްލި ކަމަށް ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އަތުވެއްޖެނަމަ ހައްޔަރުކުރަންޖެހޭ މީހުންނާއި އެޕާޓީގެ މެންބަރުންގެ ތެރެއިންވެސް މަޖިލީހުން ޖާގަ ނުދީ ކަޓުވާލާނެ މެންބަރުންގެ ލިސްޓެއް އެކުލަވާލާފައިވާކަމަށް އިލްހާމް ވިދާޅުވިއެވެ. ޔާމިންގެ ވެރިކަމުގައި އަނިޔާ ލިބުނު އެއްވެސް އާއިލާއަކުން ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައުމަށް ނޭދޭނެ ކަމަށް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ވެރިކަމެއްގައި ދެކިފައިވާ މަންޒަރު އަލުން ދެކެން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން މި އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރިހާ ފަރާތްތަކުން ވެސް ރައީސް ސޯލިހަށް ވޯޓު ދިނުމަށް އިލްހާމް ގޮވާލެއްވެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: