ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭޕީއަކީ މޫސުމީ ޕާޓީއެއް: މުންދު

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސް މުޙައްމަދު ހުސެއިން ރަޝީދު / އަވަސް އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީޕާޓީ ދިރެނީ ހަމައެކަނި މަޖިލީހުގެ އިންތިހާބާއި އަދި ރިޔާސީ އިންތިހާބުގެ ދުވަސްވަރުކަމަށް، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް(މުންދު) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކާއިމެދު ވާހަކަދައްކަވަމުން، މުންދު ވިދާޅުވީ، ބައެއް ސިޔާސީ ޕާޓީތައް ވުޖޫދުވެފައިވާ މަގުސަދަކީ، ވެރިކަން ކުރުން ނޫންކަމަށެވެ. އަދި އެ ޕާޓީތަކުގެ އިސްވެރިންނަށް ވެރިކަމަށް ވަޑައިނުގަނެވޭނެކަންވެސް އެނގިލައްވާނެކަމަށް ފާހަގަކުރައްވާ މުންދު ވިދާޅުވީ، އެ ޕާޓީތަކަށް ކުރެވޭނެ އެންމެ ބޮޑުވަރަކީ، ބަޔަކު “ވާ ވައްދާލައިގެން” އުޅުންކަމަށެވެ.

ބައެއް ޕާޓީތައް ވުޖޫދުވުމުގެ މަގުސަދަކީ، ވެރިކަމަށް އައުން ނޫންކަމަށް ފަހަަގަކުރައްވާ އޭނާ ވިދާޅުވީ، ޖޭޕީއަކީވެސް އެކަހަލަ ޕާޓިއެއްކަމަށެވެ. އަދި އޭނާ ވިދާޅުވީ، ޖޭޕީ ދިރޭނީވެސް ހަމައެކަނި ރިޔާސީ އިންތިހާބަށާއި، މަޖިލީހުގެ ދުވަސްވަރުކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެހެން ނޫންނަމަ ކޮންމެ ދުވަހަކުވެސް ޖުމްހޫރީ ޕާޓީން ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަތައް ރައްޔިތުންނާއި ހިސާބަށް އަންނާނެކަމަށެވެ.

ޖޭޕީއަކީ މޫސުމީ ޕާޓިއެއްކަމަށް ސިފަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން، އޭނާ ވިދާޅުވީ، މަޖިލިސް އިންތިހާބު ނިމުމަށް ފަހު، ކުނޫޒު ހުޅުވިފައި ހުރިތޯވެސް ބަލާލާނެ މީހަކު ނުހުންނާނެކަމަށެވެ. އަދި އެ ޕާޓީ އެއައްފަހު ދަނީ ގަދަ ނިންޖަކަށް ކަމަށާއި،  ކޮންމެ ފަހަރަކު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ، ފެއިލްވާކަމަށް ފާހަގަކުރައްވާ އޭނާ ވިދާޅުވީ، އެހެން ނަމަވެސް، ސަރުކާރުގެ ތެރެއަށް ކޮންމެ ފަހަރަކުވެސް އެ ޕާޓީން ވަންނަކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، އެ ޕާޓީއަށް ރިޔާސީ އިންތިހާބަކަށް ނުކުތުމަށް މަރުހަބާ ކިޔާ ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމް ގެ ކޯލިޝަނާއިއެކު، ނުކުންނަ ވާހަކަ ނުދައްކަވަން އިލްތިމާސް ކުރައްވާ އޭނާ ވިދާޅުވީ، އެ ޕާޓީގެ އާންމު މެމްބަރުން މި ސަރުކާރުގެ ހިއްސާދާރުން ގޮތަށް ތިބެ، ރައްޔިތުންނަށް އަނިޔާ ކޮށްފައިވާ ބައެއް ބަލައި ނުގަންނަކަމަށެވެ.

ވަރަށް ގަދަ
60%ވަރަށް ގަދަ 30%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: