ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރަން ޖޭޕީ އިން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނާރަން ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމައިފިއެވެ.

އެގޮތަށް އެ ޕާޓީން ނިންމާފައި ވަނީ މިއަދު ބޭއްވި ކައުންސިލް ބައްދަލުުމެއްގައެވެ.

އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަނީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެފައެވެ. އެމަނިކުފާނު މި ބައްދަލަުވުމުގައި ވިދާޅުވީ ދެ ޕާޓީއާއި އެކު ކުރެވުނު މަޝްވަރާތަކުގެ އަލީގައި އެއްވެސް ޕާޓީއެއްގެ ފަހަތަށް ނޭރުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ. އަދި ދެން މަސައްކަތް ކުރާނީ އެމަނިކުފާނުގެ އަމިއްލަ ޕާޓީ ޖޭޕީ ކުރިއެރުވުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފެންނަން ހުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޖުމްހޫރީ ޕާޓީން ދެއްކި ވާހަކަތަކަކީ ސައްހަ ރަނގަޅު ވާހަކަތަކެއްކަމަށެވެ. އެހެން ކަމުން އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއިން މިހެން ބުނެފައިވާއިރު، ޑިމޮކްރެޓްސް އިންވެސް އަދި މިހާތަނަށް ދެވަނަ ބުރަށް ގޮސްފައިވާ ކެންޑިޑޭޓުންގެ ފަހަތަށް އެރުމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ގޮސްފައިވަނީ އެމްޑީޕީ އާއި ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރިފައިވާ ކެނޑިޑޭޓުންނެވެ. ފުރަތަމަ އިންތިޚާބުގައި ކުރި ހޯއްދަވާފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އެއީ 46.16 އިންސައްތައިންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިވަނީ 39.02 އިންސައްތައެވެ. އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށްވުރެ ގިނައިން ނުލިބޭތީ ދެވަނަ ބުރެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ޖޭޕީން މިގޮތަށް ނިންމެވިއިރު، ގާސިމްއާއި ޕީޕީއެމް/ޕީއެންސީގެ އިސް ބައެއް ބޭފުޅުން ސަން އައިލެންޑްގައި ކޯލިޝަން މަޝްވަރާތައް ކުރިއަށް ގެންދިޔައެވެ. އަދި ރައީސް ޞާލިހް ދެ ދުވަހުގެ މުއްދަތަކަށް ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާއިއެކުގައި ވަނީ ދެވަނަ ބުރަށް ތާއީދު ހޯދެއްވުމަށް މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑަައިގެންނެވީ 5،460 ވޯޓެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: