ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ހިންގީ ވިޔާނުދާ އަމަލެއް: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީރުންނަށް ރުހުން ނުދިނުމަކީ އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ހިންގި ވިޔާނުދާ އަމަލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމާއި ގުޅިގެން ކުރިއަށް ގެންދިޔަ މުޒާހަރާގައި މީޑިއާތަކާއި ވާހަކަދައްކަވަމުން ގާސިމްވަނީ އެމްޑީޕީގެ ސަބަބުން ރާއްޖެއަށް އިޔާދަ ނުކުރެވޭ މިންވަރަށް ގެއްލުންތައް ލިބިފައިވާކަމަށް ސިފަކުރައްވާފައެވެ. އެގޮތުން އެ ޕާޓީގެ އަމަލުތަކުގެ ސަބަބުން ރައްޔިތުން ހަލާކުގެ ތެރެއަށް ހުށައެޅިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގައުމުގެ ވެރިކަމަށް އަންނަ ރައީސަކު ހުށައަޅާ ކެބިނެޓުގެ ވަޒީރުންނަށް ރުހުން ނުދިނުމަކީ ރާއްޖެއަށް އެކަމުގެ ސަބަބުން ފައިދާތަކެއް ލިބިގެންދާކަމެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެމްޑީޕީއިން ދީފައިވާ ބޮޑު އަނިޔާއެއްކަމަށާއި އެ ޕާޓީއިން ހިންގާފައިވާ އަމަލަކީ މީގެ ކުރިން ކަން ކަން ކޮށްފައިވާ އުސޫލާއި ހިލާފު އަމަލެއްކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ މައިދާނަށް މިއަދު އަންނަމުންދާ ބަދަލުތައް ފެނުމުން އެއްވެސް ފަރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގާތް ނުވާނެކަމަށެވެ. އޭނާ ވިދާޅުވި، އެމްޑީޕީއިން ކުރަމުންދާ ކަންކަމުގެ ސަބަބުން ރާއްޖެ ނިކަމެތިވެ އަނދަވަޅަަކަށް ވެއްޓިގެންދާކަމަށެވެ. އަދި ރައްޔިތުން ހާލުގައި ޖެހިގެންދާކަމަށާއި، އެ ޕާޓީއިން ހިންގާފައިވަނީ ވިޔާނުދާ އަމަލެއްކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: