ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނުގައި ހިނގަމުންދާ ކަންކަމަށް އިސްރާއީލުން ޒިންމާވާންޖެހޭ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއިލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ބަލައިގަންނަން ޖެހޭކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިސްރޭލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން މިނިވަންކުރުމަށް ހަމާސްއިންވަނީ ބޮޑެތި މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން ފަސް ހާހަށްވުރެ ގިނަ އަދަދެއްގެ ރޮކެޓު ބޭނުންކޮށްގެން ހަމަލާ ދިނުމަށް ފެށުނު އިރު، ގިނަ އަދަދެއް މީހުން މަރުވެފައިވާކަމަށް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ގާސިމް ކުރެއްވި އެކްސްއެއްގައި ވިދާޅުވީ، ފަލަސްތީނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެތައް އަހަރެއް ވަންދެން އިސްރާއިލުން އެ ގައުމުގައި ހިންގަމުން އައިސްފައިވާ އަސްކަރީ ހަރަކާތްތަކުގެ ނަތީޖާކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެތައް މައުސޫމު ފަލަސްތީނުގެ ރައްޔިތުންނެއްގެ ފުރާނަ ގެއްލި ކުރިމަތިވެފައިވާ ދަތި ހާލަތުގެ ސަބަބުން އުފެދިފައިވާ މައްސަލައެއްކަމަށެވެ.

އޭނާ ވިދާޅުވީ، އެ ސަރަހައްދު އިސްރާއިލުން ބަނދުކުރުމުން އޮންނަނީ އޯޕަން އެއަރ ޖަލެއްގެ ގޮތުގައިކަމަށެވެ. އެހެންކަމުން އިސްރާއިލުން މި ހަމަނުޖެހުންތަކުގެ ޒިންމާއެއް ވާކަން ގަބޫލުކުރަންޖެހޭކަމަށާއި، ފަލަސްތީނުގެ ރައްޔިތުންގެ ނަފްސު ދިފާއުކުރުމުގެ ހައްގާއި އެ ގައުމުގެ ފަސްގަނޑުގެ މައްޗަށް އޮތް ހައްގުވެސް ގަބޫލުކުރަންޖެހޭކަމަށް ގާސިމް ވިދާޅުވެފައިވެއެވެ.

ގާސިމް އިސްރޭލަށް ޒިންމާ ނެގުމަށް ގޮވާލެއްވިއިރު، އަލަށް އިންތިހާބުވެފައިވާ ރާއްޖޭގެ ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އިސްރޭލުން ވަގުތުން ވަގުތަށް ފަލަސްތީނުގެ ބިންތައް ދޫކޮށް ފޭބުމަށް ގޮވާލައްވާފައެވެ. އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުވެސްވަނީ އިސްރޭލުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: