ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް ހުއްޓާލުމަށް ގާސިމް ގޮވާލައްވައިފި

ގާސިމް އިބްރާހިމް - ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލު ކުރުމުގެ މަސައްކަތް ހުއްޓާލުމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގޮވާލައްވައިފިއެވެ.

ގާސިމް މިހެން ވިދާޅުވީ ރައީސް އަދި ނައިބު ރައީސް ވަކިކުރުމުގެ ގަވާއިދަށް އެމްޑީޕީގެ މެޖޯރިޓީގެ ތާއީދާއިއެކު ގެނައި ބަދަލުތަކުގެ ސަބަބުންނެވެ.

އެގޮތުން އިސްލާހުތަކާއިއެކު، އަޣުލަބިއްޔަތު ގުނުމާއި ގުޅޭ ބަދަލެއް ގެނެސްފައިވެއެވެ. އެގޮތަށް ބަދަލު ގެނެސްފައި ވަނީ އައު ސަރުކާރުގެ މަގާމުތަކަށް އައުމަށްޓަކައި، މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ހަތް ބޭފުޅަކު އިސްތިއުފާ ދެއްވުމުންނެވެ. އަދި ގަވައިދު ކޮމިޓީން ނިންމާފައި ވަނީ މަޖިލީހުގެ ޖުމްލަ މެމްބަރުންނަކީ އެއީ އެވަގުތަކު މަޖިލީހުގައި ދެމިތިބި މެމްބަރުންކަމަށެވެ. އެހެންކަމުން ދެން މެންބަރުން ގުނުމުގައި ބަލާނީ މަޖިލީހުގައި ތިއްބެވީ 80 މެމްބަރުންކަމަށެވެ.

މާނައަކީ އެ ބަދަލާއި އެކު ކަންކަން ފާސްކުރުމުގައި ބަލާ އަޣުލަބިއްޔަތަށް ބަދަލުތަކެއް އައިސް، ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލު ކުރުމަށް 54 މެމްބަރުންގެ ވޯޓު ބޭނުންވުމެވެ. މީގެ ކުރިން ގަވައިދު އޮތް ގޮތުން އެކަމަށް ބޭނުން ވާނީ 58 މެމްބަރުންގެ ވޯޓެވެ. މަޖިލީހުގައި މިވަގުތު އެމްޑީޕީގެ 56 މެމްބަރުން އެބަތިއްބެވެ.

ރައީސް ޑރ މުއިއްޒު ރައީސުލްޖޫމްހޫރިއްޔާކަމުގެ ހުވާ ކުރެއްވި ފަހުން އަދި މާ ގިނަ ދުވަހެއް ނުވާކަން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ ރައީސް މުއިއްޒު އަޒުލުކުރަން ކުރާ މަސައްކަތް ހުއްޓާލަންޖެހޭކަމަށެވެ. އެގޮތުން ސަރުކާރު އަދި ރަނގަޅަށް ފަށައިނުގަނެވިގެން އުޅޭކަން ފާހަގަކުރެއްވިއެވެ.

އެގޮތުން މިނިސްޓްރީތަކުގެ މެންޑޭޓު އޭރު މަޖިލީހަށް ފޮނުވާފައިނުވާކަމާއި، ވަޒީރުންނަށް ރުހުންދީފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރަށް ފުރުސަތު ދޭން ޖެހޭކަމަށް ގާސިމް ގަބޫލު ކުރައްވައެވެ.

ވަޒީރުންނަށް ރުހުން ދޭން ޖެހޭއިރު ބަލާލާއިރު ގާނޫނުއަސާސީގައި ގާނޫނުގައި ކަނޑައެޅިގެން ބަޔާންވެގެންވޭ މިނިސްޓަރެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް. އެ ޝަރުތުތައް ފުރިހަމަވާނަމަ ރައީސުލްޖުމްހޫރިއްޔާގެ އެ ރިކުއެސްޓު ނުވަތަ އެ އެދިވަޑައިގަތުމަށް އަޅުގަނޑުމެން މި މަޖިލީހުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ރުހުން ދެއްވަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ.
ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ގާނޫނުއަސާސީގައި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އަދަދު ސާފުކޮށް ބަޔާންކޮށްފައިވާއިރު، މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަކުން މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑަނޭޅޭނެކަމަށެވެ. މަޖިލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން އެފަދަ އިސްލާހުތައް ފާސްކުރަނީ ވެރިކަން ގެއްލުމުންކަމަށް ވިދާޅުވެ، ގާސިމް އެކަން ސިފަކުރެއްވީ ލަދުވެތިކަމެއްގެ ގޮތުގައެވެ.

ގާސިމް މި ވާހަކަތައް ދެއްކެވިއިރު، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ ރައީސް ޑރ މުއިއްޒު އަޒުލުކުރަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕު (ޕީޖީ) އަށް ހުށައަޅާނެކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: