ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް އިދިކޮޅަށް؛ ގައުމު ހަލާކުކޮށްލަން ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް މަސައްކަތް ނުކުރައްވާ

މާމިގިލި ދާއިރާގެ މެންބަރުން ގާސިމް އިބްރާހީމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާފައިވަނިކޮށް އެއާއި ދެކޮޅަށް މަސައްކަތް ނުކުރެއްވުމަށް މާމިގިލި ދާއިރާގެ މެންބަރުން ގާސިމް އިބްރާހީމް އެދިވަޑައިގެންފިއެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ތަނަވަސް އަގުލަބިއްޔަތަކާއިއެކު އިންތިހާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހުރިއްޔާ ފޮނުއްވާފައިވާ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލައިގައި ކޮމިޓީއިން ރުހުން ދޭން ފެންނަކަމަށް ނިންމާފައިވާކަމަށާއި އަދި އެއްވެސް މައްސަލައެއް ނެތްކަމަށެވެ.

އެއީ ރަނގަޅު ނިންމުމެއްކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. ރުހުން ދީގެން ނުވާނެކަމަށް ކޮމިޓީއިން ނިންމި އެއްވެސް ވަޒީރަކު ނެތްކަމަށާއި، އެހެންކަމުން މަޖިލީހުގެ ތަޅުމުންވެސް ރުހުން ދޭން ޖެހޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

އެހެނީ ކުރީގައި، އެންމެ ފުރަތަމަ 2008 ގައި އޮތް ސަރުކާރުގައިވެސް އަދި 2013 ގައި އައި ސަރުކާރަށްވެސް، 2018 ގައި އައި ސަރުކާރަށްވިއަސް، ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހުރިއްޔާ ފޮނުއްވި ލިސްޓުގައިވާ ހުރިހާ ބޭފުޅުންނަށް ފުރަތަމަ ރުހުން ދިނުމަށްފަހުގައި، އިތުރު މައްސަލައެއް ނިކުމެއްޖެއްޔާ، އިތުރު ގޯހެއް ހައްދަވާފިއްޔާ ރުހުން ދިނުމަށް ފަހުގައި އެ ވަޒީރަކު ގޯހެއް ހައްދަވައިފިއްޔާ އެބޭފުޅެއްގެ.. އޭ އަލީ އާޒިމް މަޑުން އިންނަވާ….

ގާސިމް ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށްފަހު، ގޮސްކޮށް ކަމެއް ކުރައްވައިފިނަމަ ދެން އަމަލު ކުރެވޭނެ ގޮތްތައްވެސް އެބަހުރިކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ ކުރީގައި އައި ކޮންމެ ވެރިކަމެއްގައިވެސް ރައީސުލްޖުމްހުރިއްޔާ ފޮނުއްވާ ހުރިހާ ވަޒީރުންނަށް ރުހުން ދީފައިވާކަމަށް ގާސިމް ވިދާޅުވިއެވެ. އެވަގުތު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަދައްކަވަމުން ގެންދިއުމުގެ ސަބަބުން ގާސިމް ވަނީ އެކަން ހުއްޓާލެއްވުމަށް އެދިވަޑައިގެންފައެވެ. އަދި މަޖިލީހުގެ ރައީސްގެ އަރިހުންވެސް ގާސިމް ވަނީ އާޒިމް ހުއްޓުވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ ގާސިމް ގެންދަވަނީ މެންބަރުންނަށް އިންޒާރު ދެއްވަމުންކަމަށް ވިދާޅުވެފައެވެ. އަދި އެކަން ހުއްޓުވައި ދެއްވުމަށް ރިޔާސަތުގައި އެދުނެވެ.

މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް ގާސިމް އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހުރިއްޔާ ފޮނުއްވާ ބޭފުޅުންނަށް ރުހުން ނުދިނުމަކީ ގައުމު އިނދަ ޖައްސާލުމަށް ކުރާ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގާސިމް ސިފަކުރެއްވިއެވެ.

ގައުމު އޮތީ ވަރަށް ދަތި ހާލަތެއްގައިކަމަށް ފާހަގަކޮށް، ސަރުކާރަށް ޖެއްސުން ނުކުރުމަށް ގާސިމް ގޮވާލެއްވިއެވެ.

އެވަގުތު ބައެއް މެންބަރުން ވާހަކަދައްކަވަމުން ގެންދިއުމުގެ ސަބަބުން ގާސިމްގެ ވާހަކަ ހުއްޓާލެއްވިއެވެ. އަދި ރިޔާސަތުން ވަނީ އާޒިމްގެ އަރިހުގައި ގާނޫނާއި ގަވާއިދާއި އެއްގޮތަށް މަޖިލީސް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެއްވުމަށް އެދިފައެވެ. ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް ގޮތް ނިންމުމަށްފަހު މަޖިލީސް އިންތިހާބަށް ވޯޓު ހޯދަވަން މެންބަރުން ދިއުމަކީ ހަޑިކަމެއްގެ ގޮތުގައި ގާސިމް ސިފަ ކުރެއްވިއެވެ.

އެވަގުތު ގާސިމް ވަނީ އަޑު ހަރުކޮށް ވާހަކަދައްކަވާ ބައެއް މެންބަރުންނަށް ރައްދު ދީފައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 40%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: