ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ބޮޑު މައްސަލައަކީ ބަޣާވާތްކުރި ބާޣީން އެމްޑީޕީ ތޮފިއަޅައިގެން ސަރުކާރުގައި ތިބުން: ބޮންޑެ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑެ/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެ ބޮޑު މައްސަލައަކީ ބަޣާވާތަކުރި ބާޣީން އެމްޑީޕީ ތޮފިއަޅައިގެން ސަރުކާރުގައި ތިބުން ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަޣާވާތަކުން ވައްޓާލައި ހިންގި ހަމަނުޖެހުންތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހުން މިއަދު ސަރުކާރުގެ ތެރޭގައި އެބަތިބި ކަމަށާއި އެންމެ ބޮޑު މައްސަލައަކީ އެއީ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

 

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގެ ބައިވެރިންނަކީ މިއަދުގެ ސަރުކާރުގެ ކޯލިޝަން ލީޑަރުންނެވެ. އެގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ބޭފުޅުންނަކީ ބަޣާވާތްކުރުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކެވެ.

އެމްޑީޕީ ތެރޭގައި ދެ ފެކްޝަނެއް އުފެދި ރައީސް ނަޝީދާއި ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް ތާއީދު ކުރާ މަޖިލިސް މެމްބަރުން ގެންދަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ހާއްސަކޮށް ރައީސް ނަޝީދަށް ތާއީދު ކުރާ މެމްބަރުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ރާއްޖޭގެ އިގްތިސާދު މިވަގުތު އޮތް ހާލަތުން އަރައިގަތުމަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅު ނާޅައި ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމުމާއި ގުޅިގެން އެކަމާއި ނުރުހުން ފާޅުކޮށް ރައީސް ނަޝީދު ގެންދަވަނީ އެކަމަށް ފާޑު ވިދާޅަވަމުންނެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި ސިޔާސަތުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުން ހިންގަމުންދާ މަޝްރޫއުތަކަށް ރައީސް ނަޝީދު ގެންދަވަނީ ފާޅުކަން ބޮޑުގޮތެއްގައި ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް މިވަގުތު މަޑުޖައްސާލުމަށް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އެކަމަށް ރައްދު ދެއްވައި ރައީސް ސާލިހު ވިދާޅުވެފައިވަނީ ތަރައްގީ ގެ މަޝްރޫއު ތައް ހުއްޓާލުމަށް ސިޔާސީ ފަރާތްތަކުން ބުނަމުން ދާ ކަމުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ގުޅިފައިވަނީ ނިމިދިޔަ ޗެއަރޕާސަން އިންތިހާބާއެވެ. އެ އިންތިހާބުގައި ރައީސް ނަޝީދުގެ ތާއީދާއެކު ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ބަލިވުމުގެ ސަބަބުން ރައީސް ނަޝީދުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވާ މިންވަރު ވަނީ އިތުރުވެފައެވެ. އިންތިހާބަށް ފަހު އެމްޑީޕީގެ އާއްމު ބައެއް މެމްބަރުން ވަނީ ޕާޓީއިން ވަކިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: