ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާޑޭގައި ހައްޔަރުކުރި މީހުންގެ މައްޗަށް ހެއްކެއްނެތް: ވަކީލުން

ޔޯގާ ޑޭ އާއި ދެކޮޅަށް އަޑު އުފުލަނީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާޑެގެ ހަރަކާތުގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ ހައްޔަރުކުރި ބައެއް މީހުން އެކަމުގައި ބައިވެރިވި ކަމުގެ ހެކި ފުލުހުންނަށް ނުދެއްކޭ ކަމަށާއި އެ މީހުން ބަންދުގައި ބައިތިއްބަން ޖެހޭ ސަބަބެއް ނުފެންނަކަމަށް ވަކީލުން ވިދާޅުވެއްޖެއެވެ.

ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ގުޅިގެން ހައްޔަރު ކުރި ބައެއް މީހުންގެ ތެރޭގައި ހޯރަފުށީގެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްއާއި ޝައިހް އާދަމް ނިޝާންއާއި އަދި ޝައިހް ފަޒްލޫން މުހައްމަދު ހިމެނެއެވެ. އެ މީހުން ހައްޔަރު ކުރިދުވަހުން ފެށިގެން މުއްދަތު ޖަހަމުން ގޮސް މިއަދާއި ހަމައަށް އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.

މުހައްމަދު އިސްމާއިލްގެ ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ މުހައްމަދު އިސްމާއިލް ހައްޔަރުކޮށްގެން އުޅެނީ ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާއި ގުޅިގެން ކަމަށާއި މުހައްމަދު އިސްމާއީލް ޔޯގާޑޭގެ ހަރަކާތް ހުއްޓުމަށް އެއްވެސް މަސައްކަތެއްކޮށްފައިނުވާ ކަމަށެވެ. މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތަށް ވަނީ އިތުރު 30 ދުވަސް ދީފައެވެ. މުހައްމަދު އިސްމާއީލްގެ ވަކީލު ޝާހް ވިދާޅުވީ މުހައްމަދު އިސްމާއިލް  އެންމެ ފަހުން ހައްޔަރުކުރީ ކޯޓު އަމުރަކާއި ނުލާ ކަމަށާއި އެކަމުގެ ސަބަބުން އެމައްސަލަ އިސްތިއުނާފް ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

“ފުލުހުންނަކަށް ވިދާޅެއް ނުވެވުނު މުހައްމަދު އިސްމާއިލް ޓެރަރިޒަމްގެ އަމަަލެއް ހިންގުމަށްޓަކައި ކުރި ކަމެއް. އަދި ލޯފުލް އެސެމްބްލީއެއް އަންލޯފުލް އެސެމްބްލީއަކަށް ބަދަލުކުރުމަށްޓަކައި މުހައްމަދު އިސްމާއިލް ކުރި އެއްވެސް ކަމެއްް. އަދި ލޯފުލް އެސެމްބްލީއެއް އަންލޯފުލް އެސެމްބްލީއަކަށް ބަދަލުވެގެން ދިޔަ މަރުހަލާގައި މުހައްމަދު އިސްމާއިލުގެ އެއްވެސް އަމަލެއް ހިމެނޭކަމަށް ފުލުހުންނަށް ވިދާޅެއް ނުވެވުނު” ވަކީލު ޝާހު

ޔޯގާޑޭގެ ހަރަކާތުގައި ހައްޔަރު ކުރެވުނު ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދުގެ ވަކީލު އިބްރާހިމް އަލީ ވިދާޅުވީ ޓެރަރިޒަމްގެ ބޮޑެތި ތުހުމަތުތަކާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތު ފަޒްލޫންގެ މައްޗަށް ކުރެވުނު ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަށް އޭނާއާއި ދެކޮޅަށް މިހާތަަނަށް ދެއްކިފައިނުވާއިރު އެ ހުރިހާ ތުހުމަތުތަކަށް ޝައިހް ފަޒްލޫން އިންކާރު ކުރައްވާ ކަމަށެވެ. އަދި ޔޯގާޑޭގައި ހިނގާދިޔަ ހަމަނުޖެހުމަށް ޝައިހް ފަޒްލޫން ހިތްވަރު ނުދެއްވާ ކަމަށް އޭނާގެ ވަކީލް އިބްރާހިމް އަލީ ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ހިނގި ޔޯގާޑޭގެ ހަމަނުޖެހުމާއި ގުޅިގެން ޝައިހް ފަޒްލޫން އާއި އެކު ދެން ހައްޔަރުކުރެވިފައިވާ ދެވަނަ ދީނީ އިލްމުވެރިއަކީ އައްޝައިހް ނިޝާންއެވެ. ފުލުހުން ޝައިހް ނިޝާންގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ޓެރަރިޒަމާއި ތޫނު ހަތިޔާރު ބޭނުން ކުރުމުގެ ދައުވާ ކަމުގައި އޭނާގެ ވަކީލު އަހުމަދު ސިއްދީގު ވިދާޅުވިއެވެ. އެހެން ކަމުން ޝަރީއަތް ނިމިގެން ބަންދުގައި ބެހެއްޓުމަށް ފުލުހުން ވަނީ އެދިފައެވެ.

ސިއްދީގު ވިދާޅުވީ ފުލުހުން ޝައިހު ނިޝާންގެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުން އޭނާ އާ ވާހަކަ ދައްކާފައި ނުވާ ކަމަށާއި އޭނާ އަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: