ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ޑޭގެ ހަމަނުޖެހުން މައްސަލައިގައި ހައްޔަރު ކުރި އެކަކު ބަންދުން ދޫކޮށްލައިފި

ޔޯގާ މައްސަލައިގައި ހައްޔަރު ކުރި މައުސޫމް ބަންދުން ދޫކޮށްލުން/ ފޮޓޯ: ތާލިބް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން އުފެއްދުމުގައި އިސްކޮށް އުޅުނުކަމަށް ބުނެ ހައްޔަރު ކުރި ބައެއް މީހުން ބަންދުން ދޫކޮށްލައިފި އެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވަން ނިންމުމުން، އެކަމަށް ދެކޮޅު ހަދައި އާއްމުން ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް އެ ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވި އެވެ.

މިދިޔަ ޖޫން 22 ގައި އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ވަނީ ތަހުގީގު ފަށާފަ އެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި، ހިމެނޭ ޕީޕީއެމްގެ ކައުންސިލް މެމްބަރު އިބްރާހިމް ރައްޒާން (ޓަކީ) ފުލުހުން ވަނީ ދޫކޮށްލާފަ އެވެ. އެއަށް ފަހު ހައްޔަރު ކުރި މީހުންގެ ތެރެއިން މިއަދު ދޫކޮށްލާފައި ވަނީ ތ. މަޑިފުށި، މުހައްމަދު މައުސޫމް (40 އ.) އެވެ.

މިއަދުގެ ވަގުތެއްގައި މައުސޫމް ދޫކޮށްލާފައިވާކަން އޭނާގެ ގާނޫނީ ވަކީލު އަހުމަދު ތާލިބު ކަށަވަރުކޮށްދެއްވަ އެވެ.

މައްސަލައިގައި ހައްޔަރު ކުރި މީހުންގެ މައްޗަށް ކުރަނީ ހަރަކާތުގައި ބައިވެރިވި މީހުންނާ ކުރިމަތިލައި، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.

ފުލުހުންގެ ސަފުތަކެއް ފޫއަޅުވައި ގިނަ އަދަދެއްގެ ބަޔަކަށް ގަލޮޅު ދަނޑުގެ ތެރެއަށް ވަދެވުނު ގޮތާއި މެދު ބައެއް ސުވާލުތައް ވަނީ އުފެދިފަ އެވެ. ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވީ ކަން ހިނގައިދިޔަ ގޮތް ބެލުމަށް އިންކުއަރީއެއް ކުރަމުންދާކަމަށެވެ.

ޔޯހާޑޭ ހަމަނުޖެހުން އުފެއްދުމުގައި އިސްކޮށް ތިބިކަމަށް ބުނެ ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ ޗެއާ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: