ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

104 ދީނީ އިލްމުވެރިޔަކު ޔޯގާ ހަރާމްކަމަށް ކަނޑައަޅައި ބަޔާނެއްނެރެފި

ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޔޯގާ ހަރަކާތް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަސްރަތާއި މެޑިޓޭޝަންގެ ގޮތުގައި ކުރަމުންގެންދާ ޔޯގާގެ ހަރަކާތަކީ އަދި އެކަމުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމްކަމެއްކަމަށް ކަނޑައަޅައި 104 ދީނީ އިލްމުވެރިން ބަޔާނެއް އާއްމުކޮށްފިއެވެ.

އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިއަދު އާއްމުކުރި ލިޔުމެއްގައި ބުނެފައިވަނީ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމެއް ކަމަށާއި ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަ ނުވާގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެކަމަށެވެ.

އެހެންކަމުން ކަސްރަތެއްގެ ގޮތުގައި ނަމަވެސް ނުވަތަ އެނޫން ނަމެއްގައިވެސް ޔޯގާ ހެދުމާއި ޔޯގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއްކަމަށް އެލިޔުމުގައި ބުނެފައިވެއެވެ.

އިލްމުވެރިންގެ ގުޅުމުން ނެރުނު ފަތުވާގައި ވާ ގޮތުން ހިންދޫން ގަބޫލުކުރާ ގޮތުގައި ޔޯގާގެ ހަރަކާތްތަަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތެއް ކަމަށާއި، އެގޮތުން މީހާގެ އެތެރެފުށުގެ އީމާން ކަމާއި ބޭރުފުށަށް ފެންނަ އަމަލީ ބަޔާއި މައިގަނޑު ދެބައި ޔޯގާގައި އޮންނަ ކަމުގައެވެ.

ހިންދޫންނާއި ބުޑިސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާވެފައިވަނީ ހަށިގަނޑުގެ ބާރާއި ސިކުނޑިއާއި ނަފްސުގެ ބާރާއި މި ތިން އަސާސްގެ މައްޗަށް ކަމަށާއި ޔޯގާގެ ފަސް ބައި ފުރިހަމަ ވުމުން އެމީހާ އެމީހާ އެވަނީ ބަލިވުމާއި މުސްކުޅި ވުމާއި މަރުވުމުން ވެސް ސަލާމަތްވެފައިވާ ކަމަށެވެ. އަދި އެފަދަ ގަބޫލު ކުރުންތައް ޔޯގާގެ ތެރޭގައި ހިމެނޭ ކަމަށް އިލްމުވެރިން ނެރުނު ފަތުވާ ލިޔުމުގައި ބުނެފައިވެއެވެ.

އިންސާނާގެ ރޫހު ނެތި ފަނާވެ ދިޔުމުން ސަލާމަތް ކޮށްދެނީ އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް އެ ރޫހު ބަދަލުވެގެން ކަމަށް ހިންދޫން ގަބޫލުކުރާ ކަމަށާއި އެ ފަލްސަފާގެ މައްޗަށް ބިނާކޮށް ރޫހު އެހެން ހަށިގަނޑަކަށް ބަދަލުވުމުގެ ތަމްރީނެއްގެ ގޮތުންނާއި އެއަށްފަހު އެ ރޫހު ގޮސް ބޮޑު އިލާހާ ގުޅުވުމަށްޓަކައި ޔޯގާ ހަދަންޖެހޭ ކަމަށް ހިންދޫން ގަބޫލުކުރާ ކަމަށް ދީނީ އިލްމުވެރިންގެ ލިޔުމުގައި ވަނީ ބުނެފައެވެ.

ކަސްރަތުގެ ނަމުގައި ޔޯގާ ތައާރަފު ކުރުމުގައި ބުދު ދީނުގެ އަހުލުވެރިންނާއި ހިންދޫންގެ މަގްސަދަކީ ޔޯގާ މެދުވެރިކޮށް އެމީހުންގެ ދީނަށް މީސްތަކުން ވެއްދުމަށް ލޯބި ޖެއްސުން ކަމަށާއި އެދީނަށް މީސްތަކުން ވެއްދުމަށް ރޭވުުންތެރި ހަމަހިމޭން ދައުވަތެއް ދިނުމާއި ރީތި ނަމެއްގައި ރަނގަޅު ޝިޔާރުކަރެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުވުން ކަމުގައި އިލްމުވެރިންގެ ލިޔުމުގައި ބުނެފައިވެއެވެ.

މެއި މަހުގެ 15 އިން ޖުލައި މަހުގެ 18 ވަނަ ދުވަހާއި ދެމެދު ކުރެވުނު އިލްމީ ދިރާސާތަކުން ދައްކާގޮތުގައި ކަސްރަތެއްގެ ނަމުގައި ނަމަވެސް ނުވަތަ އެނޫން ނަމެއްގައި ވިޔަސް ޔޯގާ ހެދުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއްކަން އެނގިގެން ދާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުން ދުރުހެިލވުމަށް ނަސޭހަތްތެރިވާ ކަމުގައި އިލްމުވެރިންގެ ގުޅުމުން އާއްމުކޮށްފައިވާ ލިޔުމުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: