ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާއަކީ ކަސްރަތެއް، ހުއްދަ ކަންކަން ހަރާމް ކުރަން ނޫޅޭ: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް--
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާއާއި އެއިރޯބިކްސަ ފަދަ ކަސްރަތުތަކަކީ ޤާނޫނު އަސާސީ އަދި އިސްލާމް ދީނުގައި ވެސް މަނާކަންކަމެއް ނޫންކަމަށް މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ޔޯގާ ކުރުމަކީ ހިންދޫ ދީނުގެ އަޅުކަމެއްގެ ގޮތުގައި ދީނީ އިލްމުވެރިން އިއްތިފާގުވާއިރު، ދިވެހި ސަރުކާރުން ބުނަމުން އައީ މިއީ ހަމައެކަނި ކަސްރަތެއް ކަމަށެވެ. އަދި މައްސަލަ ބޮޑުވެފައި ވަނިކޮށް ސަރުލާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ ޔޯގާއަކީ ހަރާމް އެއްޗެއްކަމަށް ފާހަގަކޮށް، އޭގެ މަފްހޫމުތައް ހިމަނައި ކަރުދާހެއް އާއްމުކޮށްފަ އެވެ. އެކަމަށް ދެކޮޅު ހަދައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ޔޯގާ ހަރާމް ނުވާނެ ކަމަށެވެ. ރައީސް ނަޝީދު މިގޮތަށް ވިދާޅުވެ ކުރެއްވި ޓްވީޓަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

މި ބަހުސްގެ ތެރެއަށް ވަދެވަޑައިގެން ހަސަން ލަތީފް ވިދާޅުވީ، ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތައް ގާނޫނު އަސާސީގެ ދަށުން ވެސް މަނާ ނުވާނެ ކަމަށެވެ. އަދި ހާއްސަކޮށް އިސްލާމް ދީނުގައި ވެސް ޔޯގާ މަނާ ކުރައްވާފައި ނުވާކަމަށް ވިދަޅުވި އެވެ. ހަސަން ލަތީފް ސިފަ ކުރެއްވީ މުއީ ބަޔަކު އިސްލާމް ދީނުގައި ހަރާމް ނޫންކަންކަން އެއީ ހަރާމްކަމެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތެއްގެ ގޮތުގަ އެވެ.

ބެލެވޭ ގޮތުގައި ހަސަން ލަތީފް މި ޓުވީޓު ކުރެއްވީ ރައީސް ނަޝީދުގެ ދިފާއުގައި އާއި، އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަަށް ރައްދު ދެއްވުމަށެވެ.

ޔޯގާއަކީ ހަރާމް ނުވަތަ ހުއްދަކަމެއްތޯ ކުރެވެމުންދާ ބަހުސްގެ ފޯރި ދަނީ ދުވަހަކަށްވުރެއް ދުވަހެއް ގަދަވަމުންނެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ރާއްޖޭގައި ފާހަގަކުރުމަށް ސަރުކާރުން ނިމްމުމުން އެކަމާއި ދެކޮޅަށް ދީނީ އިލްމުވެރިންނާއި، އަދި ބައެއް އާއްމުން އަޑުއުފުލާފައި ވަނިކޮށް ގަލޮޅު ދަނޑުގައި ހަރަކާތް ކުރިޔަށް ދަނިކޮށް ބަޔަކު ތަނުގެ ތެރެއަށް ވަދެގަނެ ހަމަނުޖުހުން އުފެއްދި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިދިޔަ މަހުގެ 21 ގައި ބޭއްވި މި ހަރަކާތަކީ އިންޑިއަން ކަލްޗަރަލް ސެންޓަރާއި، ޔޫތް މިނިސްޓްރީ ގުޅިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. އަދި ހަމަނުޖެހުން އުފެއްދި މައްސަލައިގައި އެކަމަށް ހިތްވަރު ދިންކަމަށް ބުނެ ބައެއް ދީނީ އިލްމުވެރިން ވަނީ ހައްޔަރުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: