ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަމީލްގެ ފާޑުކިޔުން ސަރުކާރަށް: ސިޔާސީ ދައުވާތަކުން ފެންނަނީ ފިނޑިކަން!

ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ޑޭގައި ހިންގި ހަމަނުޖެހުމުގެ މައްސަލާގައި 18 މީހަކަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހުން، ކްރިމިނަލް ކޯޓަށް ފޮނުވުމުން ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

އެތައް ރައްޔިތުންނެއްގެ ނުރުހުމާއިއެކު ބައިނަލްއަގުވާމީ ޔޯގާ ދުވަސް ދިވެހިރާއްޖޭގެ ފާހަގަކުރަމުން ދަނިކޮށް ބަޔަކު އެ ސަރަހައްދަށް ވަދެ ހަމަނުޖެހުން ހިންގި މަައްސަލަ ފުލުންގެ އިތުރުން، ސަރުކާރާއި އެކިއެކި ވުޒާރާތަކުންވެސް ދިޔައީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ. އެއާއިއެކު ގިނަ ބަޔަކު ސަރުކާރަށް ނުރުހުމާއި ފާޑުކިޔުން އަމާޒުކުރީ އެއާއި ދާދި ގާތުން ފެންމަތިވީ އެއްޖިންސުން ގުޅުން ހިންގުމުގެ މައްސަލަ އެހާ ސީރިއަސްކޮށް ނަގާ ތަހުގީގު ނުފެށުމުންނެވެ. އިދިކޮޅުންނާއި ސަރުކާރުގައި ތިބި ބައެއް ފަރާތްތަކުންވެސް ގަބޫލުކުރާ ގޮތުގައި އެއީ ސެލެކްޓިވް ޖަސްޓިސްއެވެ. އަދި ޔޯގާޑޭގެ މައްސަލާގައި ތުހުމަތުކުރެވުނު ފަރާތްތަކުގެ ތަހުގީގު އެހާ އަވަސް ހަލުވި މިނެއްގައި ކުރިއަށް ގެންދިޔައީ ބަޔަކަށް މަންޒަރުތަކެއް ދެއްކުމަށްކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ.

އެއަށް ފަހު މިއަދު ޕީޖީން އާންމުކުރި ނޫސް ބަޔާނެއްގައި ވަނީ ޔޯގާ މައްސަލައާއި ގުޅިގެން 18 މީހެއްގެ މައްޗަށް ދައުވާ އުފުލުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ. ޓެރެރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ކުރުމަށް ހުށައަޅާފައިވާ މީހުންގެ ތެރޭގައި ޝެއިހު ފަޒްލޫނު މުހައްމަދާއި، ޝެއިހު އާދަމް ނިޝާންގެ މައްޗަށްވެސް ވަނީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތެއްގެ ޖަލު ހުކުމްތަކެއް އަތުވެދާނެ ދައުވާކޮށްފަ އެވެ. އަދި ބަޔާނުގައިވާ ގޮތުން ޕީޕީއެމްގެ ހަރަކާތް ކޮމިޓީގެ ޗެއާ އަދި މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްގެ މައްޗަށްވެސް ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނެއެވެ. އަދި، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް މި މައްސަލައިގައި އުފުލައިފައެވެ.

މިކަމާއި ގުޅިގެން ޖަމީލް ކުރެއްވި ޓުވީޓެއްގައި ވަނީ އިންސާފުގެ ނަމުގައި މުޑުދާރު އަމަލުތަކެއް ސަރުކާރުން ކުރަމުންދާކަމަށް ފާހަގަކޮށް، ބައެއް ކަންތައްތައް ލިސްޓް ކޮށްފައެވެ.

އޭގެ ތެރޭގައި ކޮވިޑްގެ ނާޒުކު ދަނޑިވަޅުގައި ރާއްޖެ އޮއްވައި ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ތެރޭގައި ހިންގި ވެންޓިލޭޓަރުގެ ހިޔާނާތް ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ. އޭރުގެ ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން އަށް މި ހިޔާނާތާއި ގުޅިގެން ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވީ ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަށް ސަރުކާރުން ފައިސާ ދޫކުރި މައްސަލަ ތަހުގީގު ކުރުމަށްފަހު އަބްދުﷲ އަމީން އާއި އިތުރު ބައެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފައިލްކޮށް ދައުވާ ނުކުރުމަށް ނިންމާފައެވެ. ޖަމީލްގެ ޓުވީޓުގައި ސުވާލުއުފައްދަވާފައިވަނީ ވެންޓިލޭތަރު ހިޔާނާތުގެ ވަގުން ކޮބައިތޯއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި، ކުށް ސާބިތުވެފައިވާ މީހުންނަށް ހައްގު އަދަބު ކޮބައިތޯ ޖަމީލް ސުވާލުއުފައްދަވާފައިވާއިރު، އެއް މައްސަލައެއްގައި ތުހުމަތު ކުރެވުނު މީހުންނަށް އައީ ތަފާތު ބޮޑު ހުކުމްތަކެއްކަން ފާހަގަކުރެވެއެވެ. އެގޮތުން މި މައްސަލައިގެ ހިމެނޭ އަލަމްގިރީގެ މައްޗައް 2 އަހަރުގެ ޖަލު ހުކުމެއް އިއްވިގެން ދިޔައިރު، ހަމަ އެ މައްސަލާގައި ކުށަށް އިއުތިރާފުވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ، ވަކީލު ނާޒިމް ސައްތާރަށް ހުކުމްކުރީ 3 މަހުގެ ގޭ ބަންދެކެވެ.

ޖަމީލްގެ ޓުވީޓުގައި އިތުރަށް ވަނީ ހިގަމުންދާ ރަހުމު ކުޑަ މަރުތައްވެސް ފާހަގަކޮށްފައެވެ. އޭނާ ދެން ސުވާލުއުފައްދަވާފައިވަނީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރުސީ ހިޔާނާތުގައި ތުހުމަތުކުރެވި ޝަރީއަތްތަކެއްވެސް ކުރިއަށް ގެންދިޔަ، ޔޫތު މިނިސްޓާ އަހްމަދު މަހުލޫފް ކޮބައިތޯއެވެ. އަދި އެ މައްސަލަގައި ރައީސް ސާލިހަށްވެސް ތުހުމަތުތަކެއް ކުރެވިގެންދިޔައިރު، އެ މައްސަލަ ތަހުގީގުކޮށްފައިނުވާތީވެސް ޖަމީލް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: