ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޒުލުކުރުމާއި ދެކޮޅަށް އިހުތިޖާޖަށް ނުކުތުމަށް ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެމެމްބަރު މުހައްމަދު އިސްމާއިލް/ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު އަޒުލުކުރުމާއި ދެކޮޅަށް އިހުތިޖާޖުކުރުމަށް ކުރީގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ގޮވާލައްވައިފިއެވެ.

ރައީސް މުއިއްޒު އާއި އެމަނިިކުފާނުގެ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުން ދުރުކުރުމަށްޓަކައި އެމްޑީޕީއިން ބައެއް އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މުހައްމަދު އިސްމާއިލްވަނީ އެކަމާއި ގުޅޭގޮތުން އެކްސްގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

އޭނާ ވިދާޅުވީ، ރައީސް މުއިއްޒުއަށް އެ މަގާމު ހަވާލުކުރެއްވީ ދިވެހި ރައްޔިތުންކަަމަށާއި އެއީ އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ ނިންމުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. މުހައްމަދު އިސްމާއިލް ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާއަކު އަޒުލުކުރުމުގެ ގާނޫނަށް އިސްލާހު ޑިމޮކްރެސީގެ އަސާސްތަކާއި ރާއްޖޭގެ ގާނޫނުއަސާސީގެ ރޫހާއިވެސް ހިލާފަށްކަމަށެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ، އެމްޑީޕީއިން ހުށައަޅާފައިވާ އިސްލާހުން ސުޕްރީމް ކޯޓުގެ ބާރުތައް ކެނޑިގެންދާކަމަށެވެ. އެހެންކަމުން އެކަމާއި ދެކޮޅަށް ދިވެހި ރައްޔިތުން ނުކުމެ މަޖިލީސް ދޮށުގައި ސުލްހަވެރިކަަމާއިއެކު މަގުސަދު ހާސިލުވާންދެން ދިގު ދެމިގެންދާ އިހުތިޖާޖެއް ކުރުމަށް އޭނާ ގޮވާލެއްވިއެވެ.

ވަރަށް ގަދަ
57%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 21%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 21%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: