ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުހައްމަދު އިސްމާއީލް ބަންދުގައި ބަހައްޓަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާ ދެކޮޅަށް ހެއްކެއް ނެތްއިރު، އޭނާ ބަންދުގައި ބަހައްޓަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ހަރަކާތްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ، މުހައްމަދު އިސްމާއީލް ހައްޔަރުކުރީ މިދިޔަ މަހު 21 ގައި އިންޓަނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތަށް ހުރަސް އަޅައި، ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައެވެ.

އެކަމާ ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މުހައްމަދު އިސްމާއީލް ބަންދުގައި ބަހައްޓާނެ އެއްވެސް ހެއްކެއް ނުދެއްކޭއިރު، މިހާ ގިނަ ދުވަހު ބަންދުގައި ބަހައްޓަނީ އިދިކޮޅުގެ އަޑު ކަނޑުވާލަން ނަމަވެސް އެކަން ސަރުކާރަސް ނުވާނެ ކަމަށެވެ.
https://twitter.com/Adamshareefz/status/1546007061108236288?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546007061108236288%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fdhiyares.com%2F39302
އިދިކޮޅުން ބުނި ގޮތުގައި މުހައްމަދު އިސްމާއީލް ހައްޔަރުކުރީ ފްރޭމްކޮށްގެންނެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލު ޝާހު ވިދާޅުވީ، މުހައްމަދު އިސްމާއީލާ ދެކޮޅަށް ހުރި ހެކިތަކަކީ އޭނާ ދިރިއުޅޭ ގޭގެ ކުރިމަތީގައި ސިނގިރެޓެއް ބޯން ހުއްޓައި ނަގާފައިވާ ފޮޓޯ އަކާއި އެވަގުތު މަގުމަތިން ދިޔަ ބަޔަކު މުހައްމަދު އިސްމާއީލަށް ގޮވައި ސަލާން ކުރުން ކަމަށެވެ.
މީގެ އިތުރުންވެސް މުހައްމަދު އިސްމާއީލް ވަނީ ގިނަ ފަހަރުތަކެއް މަތިން ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތާއި ގުޅިގެން ހައްޔަރުކުރެވިފައެވެ. ނަމަވެސް ދޫކޮށްލާފައިވަނީ އޭނާ އާއި ދެކޮޅަށް ހެކި ނެތުމުގެ ސަބަބުންނެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: