ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމު ރަނގަޅުކުރެވޭނީ ގާނޫނު އިސްލާހުކޮށްގެން: އާދަމް ޝަރީފް

އެލް.ޖީ.އޭ.ގެ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތު.
ޝެއާރކޮށްލާ ކަހަލަދޯ؟

ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކުގެ މަސައްކަތް ކުރަންޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިރޭ ބޭއްވި ކަންގަތި އެވޯޑު ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރު މިހާ ހިސާބަށް އައިރު، ރަށެއްގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓިގެ މެމްބަރުންނާއި ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކުން މިކަން ދެނެގަނެވިފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރިކުރުމަކީ ކޮންމެހެން ކުރަންޖެހިފައި ހުރި މަސައްކަތްތަކެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ އިތުރުން ކައުންސިލްތަކަކީ މިހާރަށްވުރެ ބޮޑަށް އެ ތަންތަނުގެ މާލީ ފުދުންތެރިކަންވެސް އިތުރުވެގެންދާ ތަންތަން ކަމުގައި ހަދައި ދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން.
އާދަމް ޝަރީފް ވިދާޅުވިއެވެ.

އަމާޒަކީ ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ މިހާރަށްވުރެވެސް ބޮޑަށް އޭގެ ފުރިހަމަ ޒާތުގައި ގާނޫނުން ލިބިދީފައިވާ ފުރިހަމަ އިހުތިޔާރާއެކީގައި މަސައްކަތް ކުރާ ތަނަކަށް ހެދުންކަމަށް ވިދާޅުވިއެވެ. އަދި އެ އޮތޯރިޓީއަށް ކައުންސިލްތައް ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ފުރިހަމައަށް ކުރެވުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އެލްޖީއޭ އަކީ ޕޯސްޓު އޮފީހަކަށް ނުވަތަ ސިޓީ ބަހާމީހަކަށް ވާން ނުޖެހޭކަމަށާއި، ރާއްޖޭގެ ލާމަރުކަޒީ ނިޒާމު މިއަދު ތަރުތީބު ކޮށްފައި އޮތް ގޮތުން ރާއްޖޭގެ ކޮންމެ މުއައްސަސާއަކުން ސީދާ އެ ކައުންސިލަކަށް މުއާމަލާތް ކުރެވެން ޖެހޭނެކަމަށެވެ. އެލްޖީއޭގެ ދައުރަކަށް ވާންޖެހޭނީ ރެގިއުލޭޓަރީ ބޮޑީއެއް ގޮތުގައި މަސައްކަތްކުރުންކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: