ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ވޯޓުލާ މަރުކަޒުތަކުގައި މޮނީޓަރުންނެއް ނެތް: އާދަމް ޝަރީފް

މިއަދުގެ މުޒާހަރާގެ ތެރެއިން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު "ސަންގާއި" ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

2023ގެ ރިޔާސީ އިންތިހާބުގެ އިންތިޒާމުތަކާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުމުގެ މަރުހަލާ ކުރިއަށްދާއިރު، އާދަމް ޝަރީފްވަނީ ވޯޓު ލުމުގެ އިންތިޒާމުތަކުގެ ތެރޭގައި މައްސަލަތަކެއް ފާހަގަކުރެވެމުންދާކަން ހިއްސާކުރައްވާފައެވެ. އެގޮތުން، މާލޭގެ ގިނަ އަދަދެއްގެ ވޯޓުލާ މަރުކަޒުތަކުގައި ކަންކަން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މޮނީޓަރުންގެ އިތުރުން އިންތިހާބުގެ ހަމަ ހަމަ ކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމުގެ ގޮތުން ހަރަކާތްތެރިވާ އޮބްޒާވަރުންވެސް ނެތްކަމަށެވެ.

އޭނާ ވިދާޅުވީ، ކެންޑިޑޭޓުންގެ މަންދޫބުންކަން އަންގައިދޭ ކާޑެއް ދިނުމަށްވެސް ކަނޑައެޅިފައިވާކަމަށެވެ. އެހެންނަމަވެސް އެ އިންތިޒާމުތައްވެސް ހަމަޖައްސާފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފް ވިދާޅުވީ ފާހަގަކުރެއްވި ކަންކަމަކީ ބަލައިގަނެވޭނެ ކަންކަން ނޫންކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ، އިލެކްޝަންސްއިން އެ މައްސަލަތަކަށް ހަލުވިކަމާއިއެކު ހައްލުތަކެއް ގެންނަންޖެހޭކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ހާޒިރުވެ ތިއްބެވި ބައިނައްލަގުވާމީ ވަފުދުތަކުގެ މެމްބަރުންނާއި އިންތިހާބުގެ ކަންކަން ބައްލެވުމަށް ހާޒިރުވެ ތިއްބެވި އޮބްޒާވަރުންނަށް މައްސަލަތައް ހައްލުކުރުމުގައި އެހީތެރިކަން ދެއްވުމަށް އެދިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ވޯޓުލާ މަރުކަޒުތަކުގެ ކަންކަން ކުރިއަށްދާ ގޮތް ބެލުމަށް ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ނުލިބޭނަމަ، މި އިންތިހާބު މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ނުވާނެކަމަށެވެ.

“ސަންގު” އިންވަނީ އާދަމް ޝަރީފްގެ ވާހަކަތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއިލް ހަބީބް އާއި ސުވާލުކޮށްފައެވެ. ހަބީބުވަނީ އާދަމް ޝަރީފްގެ ވާހަކަތައް ދޮގުކުރައްވާފައެވެ. އަދި މަންދޫބުންނާއި މޮނީޓަރުންފަދަ މީހުންނަށް ކާޑުތައް ހަވާލުކުރުމުގެ މަސައްކަތްތައް ރެޔާ ޖެހެންދެންވެސް ކުރިއަށް ގެންދިޔަކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެލެކްޝަންސް އިންދަނީ ވޯޓުލާ މަރުކަޒުތަކަށް ޒިޔާރަތްކުރައްވަމުންކަމަށާއި އެހެން ނަމަވެސް އެފަދަ އެއްވެސް ކަމެއް ފާހަގަކުރެއްވިފައިނުވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: